ގައުމީ ސަލާމަތަށް ބިރުން ސްޓާލިންކަށް ހުއްދަ ދިނުން އިންޑިއާއިން ހުއްޓުވައިފި

ގައުމުތަކުގެ ދާޚިލީ ކަންކަމާ ބެހޭ އިލޮން މަސްކުގެ ސެޓެލައިޓް އިންޓަނެޓް ޚިދުމަތް ކަމަށްވާ ސްޓާލިންކް މއެދުވެރިކޮށް ގައުމުތަކުގެ އެތެރޭގެ ސަލާމަތާއި އަމާންކަން ނަގާލާތީ އިންޑިއާގައި ވިޔަފާރީގެ އުޞޫލުން ސްޓާލިންކް ފެށުމަށް ބޭނުންވާ ފަހުގެ ހުއްދަތައް ދިނުން އިންޑިއާ ސަރުކާރުން ވަނީ މަޑުޖައްސާލާފައެވެ. މިގޮތަށް ނިންމީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ތެރޭގައި އީރާނުގައި ސްޓާލިންކްގެ ޓާމިނަލްތައް ބޭނުންކޮށްފައިވާ ކަމަށް ބުނާ ރިޕޯޓްތަކާ ގުޅިގެން، ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމުގެ ބިރު އޮތުމުންނެވެ.

  • އީރާނުގައި ޚިދުމަތް ދިނުމުގެ ރަސްމީ ހުއްދަ ނެތް ނަމަވެސް، އެ ޤައުމުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ސްޓާލިންކްގެ ވަސީލަތްތައް ބޭނުންކޮށްފައިވާ ކަމުގެ ރިޕޯޓްތަކެއް ވަނީ ފެންމަތިވެފައެވެ.
  • ބައިނަލްއަޤްވާމީ ސިޔާސީ ނުތަނަވަސްކަމެއްގެ ވަގުތެއްގައި، އެމެރިކާގެ ކުންފުންޏެއްގެ މައްޗަށް ފުރިހަމަ ބާރު ހިންގުމަށް އިންޑިއާ ސަރުކާރަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް އިންޑިއާގެ ދާޚިލީ ވުޒާރާގެ ސަލާމަތީ އިދާރާތަކުން ދެކެއެވެ.
  • ބޭރުގެ ޤައުމުތަކުގެ ފިއްތުންތަކާ ކުރިމަތިލާންޖެހޭ ޙާލަތްތަކުގައިވެސް، އިންޑިއާގެ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް ޢަމަލުކުރާނެ ކަމުގެ ޔަޤީންކަން ދިނުމަށް އިންޑިއާ ސަރުކާރުން ވަނީ ސްޓާލިންކްގެ ކިބައިން އެދިފައެވެ.

ސްޕޭސްއެކްސް ކުންފުންޏަށް ކުރާނެ އަސަރު

  • މި ހުއްދަ ނުލިބި ލަސްވުމަކީ ސްޕޭސްއެކްސް ކުންފުންޏަށް ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެ ކުންފުނިން ދަނީ ބާޒާރަށް ހިއްސާ ނެރުމުގެ ބޮޑު މަޝްރޫޢަކަށް ތައްޔާރުވަމުންނެވެ.
  • އެ ކުންފުނީގެ އަގު 1.75 ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، އިންޑިއާ ފަދަ ބޮޑު ބާޒާރަކުން ހުއްދަ ނުލިބުމަކީ ކުންފުނީގެ އާމްދަނީއަށް އެޅޭނެ ބޮޑު ހުރަހެކެވެ.

ސްޓާލިންކަށް އިންޑިއާގައި ސެޓެލައިޓް ޚިދުމަތް ދިނުމުގެ ލައިސަންސް މީގެ އަހަރެއްހާ ދުވަސް ކުރިން ލިބިފައިވީ ނަމަވެސް، ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭނުންވާ ފަހުގެ ސަލާމަތީ ހުއްދަ އަދިވެސް އޮތީ ނުލިބިއެވެ. މި މައްސަލައާ ހުރެ އިންޑިއާގައި ސެޓެލައިޓް މުވާޞަލާތީ ޚިދުމަތްތަކުގެ އަގުތައް ކަނޑައެޅުމުގެ ބޮޑު މަޝްރޫޢުގެ މަސައްކަތްވެސް ވަނީ ކެބިނެޓަށް ނުފޮނުވި މަޑުޖެހިފައެވެ.

ހިއްސާ ކުރައްވާ!