އީރާނުގެ ކުރިމަތީގައި ބަލިވެއްޖެކަން ނަތަންޔާހޫއަށް އެނގޭ، އެކަމަކުވެސް އިޢުތިރާފެއް ނުވޭ: އިސްރާއީލުގެ ލިޔުންތެރިޔާ ގިޑިއޮން ލެވީ

ޒަޔނިސްޓް ރެޖީމްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އީރާނުގެ ކުރިމަތީގައި ބަލިވެއްޖެކަން އޭނާއަށް މިހާރު ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، ނަމަވެސް އެކަމަށް އިޢުތިރާފުވާން އޭނާ ދެކޮޅު ހަދަމުންދާ ކަމަށް އިސްރާއީލުގެ މަޝްހޫރު ލިޔުންތެރިޔާ އަދި ކޮލަމިސްޓް ގިޑިއޮން ލީވީ ބުނެފިއެވެ. ގިޑިއޮން ލީވީ ބުނީ، ބަލި ގަބޫލުކުރުމަކީ ކޮންމެ މީހަކަށްވެސް އުނދަގޫ ކަމެއް ކަމަށާއި ނަމަވެސް ޙަޤީޤަތަކީ ބަދަލު ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ.

އޭނާ ފާހަގަކުރި ގޮތުގައި އީރާން ސުންނާފަތި ކޮށްލުމަކީ ނަތަންޔާހޫގެ ޙަޔާތުގެ އެންމެ ބޮޑު މަޤްޞަދެވެ. ނަމަވެސް، ހަނގުރާމައިގެ 2 މަރުޙަލާއަށް ފަހު، ވެސް އޭނާގެ އެ މަޤްޞަދު ފުރިހަމަނުވެ ބާކީވެއްޖެކަން މިހާރު އިސްރާއީލުގެ ބޮޑުވަޒީރަށް ވަރަށް ރަނގަޅަށް ސާފުވެފައިވާނެ ކަމަށް ލިޔުންތެރިޔާ ބުންޏެވެ.

ގިޑިއޮން ލީވީ ބުނި ގޮތުގައި އިސްރާއީލަށް މިހާތަނަށް އީރާނުގައި އެއްވެސް ލަނޑުދަނޑިއެއް ޙާޞިލްކުރެވިފައެއް ނުވެއެވެ.

އިސްރާއީލުގެ މި ލިޔުންތެރިޔާ އިތުރަށް ބުނި ގޮތުގައި، އެމެރިކާއަށް ފުރަގަސްދީ، އިސްރާއީލުން އަމިއްލައަށް އީރާނާ ހަނގުރާމަކުރުމަށް ލަފާދޭ އިސްރާއީލުގެ ވަޒީރުންނަކީ ޙަޤީޤަތުގައި ޔަހޫދީ ޤައުމު ބޮޑު ހަލާކެއްގެ ތެރެއަށް ވައްޓާލަން އުޅޭ ބައެކެވެ. އަދި ކުރިއަށް އޮތް ތަނުގައި ދޭ އެއްވެސް ޙަމަލާއަކަށް ފަހުވެސް، އިސްރާއީލަށް އީރާނުގެ މައްޗަށް ކުރިހޯދައި ބައްޔެއް ނުކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.

ހިއްސާ ކުރައްވާ!