އީރާނަށް އައު ހަމަލާތައް ދިނުމަށް ޓްރަމްޕް ނިންމެވީ، އެމެރިކާގެ ހުށަހެޅުންތަކަށް އީރާނުން އެއްވެސް ސަމާލުކަމެއް ނުދީ 12 ދުވަސް ވަންދެން ބޭއްވުމުން، ޓްރަމްޕްގެ ސިޔާސީ ނާގާބިލުކަން ދުނިޔެއަށް ހާމަވެ، އެމެރިކާގެ އެތެރޭގެ ސިޔާސީ މަސްރަހުން ކުރިމަތިވި ފާޑުކިއުންތަކަށް ކެތްނުކުރެވިގެންނެވެ. އެމެރިކާގެ އޮފިޝަލުން ހާމަކުރި ގޮތުގައި، މި ހަމަލާތައް ދިނީ އީރާނުގެ އެއްވެސް މީހަކު މަރުނުވާނެ ފަދަ ގޮތަކަށެވެ. މިއީ އީރާނުގެ ރައްދު ހަމަލާއަކަށް ބިރުން، އެމެރިކާގެ ސިފައިން ފަސްޖެހިފައިވާ މިންވަރު ދައްކުވައިދޭ ހެއްކެކެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިސްނުންތޫނުކަމެއް ނެތް ސިޔާސަތުތަކުގެ ސަބަބުން، ހުރުމުޒު ކަނޑުއޮޅީގެ މަސްރަހު ގަޑުބަޑުވެ، އެމެރިކާގެ ނުފޫޒު ކުޑަވަމުންދާކަން ހާމަވެއްޖެއެވެ. އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރެއް ވައްޓާލި ހާދިސާއާ ގުޅުވައިގެން، ޓްރަމްޕް އަމުރުކުރައްވައިގެން އީރާނަށް ދިން ހަމަލާތަކަކީ، އީރާނުގެ ސާބިތުކަމުގެ ކުރިމަތީގައި އެމެރިކާއަށް ކުރިމަތިވި ނާކާމިޔާބީ ފޮރުވުމަށް ދިން ބާރުގެ ގޮތުން ބަލިކަށި ހަމަލާތަކެކެވެ.
ޓްރަމްޕްގެ ކެތްތެރިކަން ކޮޅުންލުން އަދި އީރާނުގެ ހިކުމަތްތެރި ރައްދު
މި ހަމަލާތައް ކުރިއަށްދިޔަ ވަގުތުވެސް ޓްރަމްޕް ވަނީ ބިރުދެއްކުމުގެ ރާގަކަށް ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، އީރާނުން އެމެރިކާއަކީ މޮޔަ ބައެއްގެ ގޮތުގައި ދެކޭ ކަމަށާއި، މިއަދުވެސް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށެވެ. ނަމަވެސް، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ ޓްރަމްޕްގެ މި ބިރުދެއްކުންތަކަށް ރައްދުދެއްވައި، މިއީ އެމެރިކާގެ ބާރުވެރިކަމެއް ނޫން ކަމަށާއި، މިއީ އެމީހުންގެ މާޔޫސްކަމާއި ނާގާބިލުކަން ހާމަވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.
އީރާނުގެ ސިޔާސީ މުފައްކިރުން ބުނާ ގޮތުގައި، އިސްލާމީ އުސޫލުތަކުގެ މަތީގައި ތިބި ބަޔަކު، އަނިޔާވެރި ބާރުތަކުގެ ކުރިމަތީގައި ކެތްތެރިކަމާއެކު ސާބިތުވެ ތިބުމަކީ ކާމިޔާބީގެ އަސްލެވެ. އީރާނުން ދަނީ އެމެރިކާގެ މަޅިތަކަށް ނުވެއްޓި، ވަރަށް ހިކުމަތްތެރިކަމާއެކު ދިފާއު ބެލެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ.
ޒަޔަނިސްޓް ރެޖީމްގެ ނޭދެވޭ ނުފޫޒު
އެމެރިކާއާއި އީރާނާ ދެމެދު ސުލްހައިގެ އެއްބަސްވުމަކަށް ދިއުމަށް ގަތަރުގެ މެދުވެރިން މަސައްކަތް ކުރަމުންދަނިކޮށް، މަސްރަހު ގަޑުބަޑުކޮށްލީ އިސްރާއީލުގެ ޒަޔަނިސްޓް ރެޖީމުންނެވެ. ޒަޔަނިސްޓުން ބޭނުންވަނީ މި ސަރަހައްދުގައި ހަމަޖެހުމެއް އޮތުމެއް ނޫނެވެ. ޒަޔަނިސްޓް ރެޖީމުން ބައިރޫތަށް ހަމަލާދިނުމާ ގުޅިގެން، އީރާނުން ވަނީ ހިތްވަރާއެކު ޒަޔަނިސްޓުންގެ ރާމާތު ޑޭވިޑް ވައިގެ މަރުކަޒަށް މިސައިލް ހަމަލާތަކެއްދީ، އެމީހުންނަށް ފިލާވަޅެއް ދަސްކޮށްދީފައެވެ.
މި ހަމަލާތަކަށްފަހު، ޒަޔަނިސްޓުންގެ އަނިޔާވެރިކަމަށް ބޯލެނބުމުގެ ގޮތުން އެއްބަސްވުމަކަށް ދާން އީރާނުން ބޭނުންނުވެއެވެ. އީރާނުން ގަބޫލުކުރާ ގޮތުގައި، އިސްލާމީ އުންމަތުގެ ހައްގުތައް ހިމާޔަތްކުރެވޭނީ ބާރުގެ ކުރިމަތީގައި ކަނޑިތިރި ނުކޮށް ސާބިތުވެ ތިބެގެންނެވެ.
އެމެރިކާގެ ދަށުދަރަޖައިގެ ޝަރުތުތައް
އެމެރިކާގެ ވެރިރަށުން ލިބުނު މައުލޫމާތުތަކަށް ބަލާއިރު، ޓްރަމްޕް ވަނީ ކުރިން އެއްބަސްވެފައިވާ ކަންކަމަށް ބަދަލުތަކެއް ގެނެސް، އީރާނަށް ދަތިކުރުމުގެ ގޮތުން އާ ޝަރުތުތަކެއް ކުރިމަތިކުރުވާފައެވެ. އޭގެ ތެރޭގައި:
- 60 ދުވަހުގެ ތެރޭގައި ޔުރޭނިއަމް ފައްކާކުރާ މިންވަރު ދަށްކުރުން.
- ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރާ އާގުބޯޓުތަކުން ފީ ނެގުން ހުއްޓާލުން.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވަނީ، އީރާނުގެ ދީނީ ލީޑަރު އާޔަތުﷲ މުޖްތަބާ ޚާމަނައީގެ ލަފާފުޅާއި ނިންމެވުމަކަށް ނޫނީ އެއްވެސް ކަމެއް ނުނިންމާނެކަން މެދުވެރިންނަށް އަންގަވާފައެވެ. އީރާނުން އެމެރިކާގެ ފިއްތުންތަކަށް ބޯނުލަނބާނެކަން ހާމަކުރުމުން، އެމެރިކާގެ ރައީސް ޓްރަމްޕް ހުރީ ކުރާނެ ކަމެއް ނޭނގި، ހަދާނެގޮތް ހުސްވެފައެވެ.
ގަތަރުގެ މެދުވެރިން މިހާރުވެސް ތެހެރާނުގައި ތިބެގެން މަޝްވަރާތައް ކުރިއަށް ގެންދަން އުޅުނަސް، އީރާނުން ވަނީ އެމެރިކާއާއެކު ސީދާ ބައްދަލުވުމަކަށް ދާން އިންކާރުކޮށްފައެވެ. މިއީ އީރާނުގެ މިނިވަންކަމާއި މާތްކަން ރައްކާތެރިކުރުމަށް އެޅި ހަރުދަނާ ފިޔަވަޅެކެވެ.






