އެމެރިކާގެ ދިފާޢީ ވުޒާރާގެ މައި މަރުކަޒު، ޕެންޓަގަންގެ އެތެރޭގެ ވައި ނުސާފުވެ، ނުރައްކާތެރި މާއްދާއެއްގެ އަސަރު ފެތުރިފައިވާ ކަމުގެ ސިގްނަލް ލިބުމާ ގުޅިގެން، ބުރާސްފަތި ދުވަހު އެ ޢިމާރާތުގެ ބައެއް ފްލޯތައް ބަންދުކޮށް މީހުން ހުސްކުރަން ފަށައިފިއެވެ.
ޕެންޓަގަންގެ ތަރުޖަމާނު ސީން ޕާރނެލް ވިދާޅުވި ގޮތުގައި، ޢިމާރާތުގެ އެތެރޭގައި ހަރުކޮށްފައިވާ މޮނިޓަރިންގް ނިޒާމުތަކުން ވަނީ ރައްކާތެރިކަމުގެ ކުއްލި ފިޔަވަޅު އަޅަންޖެހޭ ފަދަ ނުރައްކަލެއް ދެނެގަނެފައެވެ. ސީއެންއެން އާއި އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، މި ޙާދިސާއާ ގުޅިގެން ކުއްލި ޙާލަތްތަކުގައި ބޭނުންކުރާ ޚާއްޞަ ޕްރޮޓޮކޯލްތަކަށް ޢަމަލުކުރަން ފަށައި، ނުރައްކާތެރި މާއްދާތަކާ ބެހޭ ޚާއްޞަ ސިފައިންގެ ޓީމުތައް ދަނީ އެ ސަރަޙައްދުތަކުގައި ޙަރަކާތްތެރިވަމުންނެވެ. އަދި މި އެލާޓް ނުކުންނަން ދިމާވި ސަބަބު ތަޙުޤީޤުކުރުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.
އެމެރިކާގެ ދާޚިލީ ބަލިކަށިކަމާއި ޓްރަމްޕްގެ ނޭދެވޭ ސިޔާސަތު
އެމެރިކާގެ އަސްކަރީ އެންމެ ބޮޑު މަރުކަޒުގެ އެތެރޭގެ ސަލާމަތީ ނިޒާމުތައް މިފަދައިން ފޭލްވެ، އަމިއްލަ މައި މަރުކަޒު ބަންދުކުރަންޖެހުމުން ހާމަވަނީ އެ ޤައުމުގެ ދާޚިލީ ބަލިކަށިކަމެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުން، ޤައުމުގެ އެތެރޭގެ އިންފްރާސްޓްރަކްޗަރާއި ސަލާމަތީ ކަންކަން ވަނީ ބޮޑުތަނުން އިހުމާލުވެފައެވެ. ޓްރަމްޕްގެ މި ނޭދެވޭ ވެރިކަމުގައި، ދުނިޔޭގެ އެހެން ޤައުމުތަކަށް ބިރުދެއްކުމަށް ސިފައިން ފޮނުވާއިރު، އަމިއްލަ ދިފާޢީ ވުޒާރާގެ ވައިގެ ފެންވަރު ވެސް ރައްކާތެރިކޮށް ނުބެލެހެއްޓޭކަން މި ޙާދިސާއިން ސާފުވެއެވެ.





