ފޮނިކަނޑާފަ އީރާނަށް ހަމަލަދޭން ޓްރަމްޕް ފަސް ޖެހުނީ ކީއްވެކަން އެނގޭތަ؟

ބޮޑާކަމާއި ކިބުރުވެރިކަމާއެކު އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭނެ ކަމަށް ބުނެ މުޅި ދުނިޔެއަށް ފޮނިކަނޑަމުންދިޔަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ކުއްލި ގޮތަކަށް ދޭން އޮތް ހަމަލާތައް ހުއްޓާލައި ފަސްޖެހުމުގެ ފަހަތުގައި އޮތީ "މަޝްވަރާގެ ކުރިއެރުން" ނޫންކަން މިހާރު މިވަނީ ބޭޒާރު ވެފައެވެ. ސިޔާސީ މާހިރުން ސިފަކުރާ ގޮތުގައި، ޓްރަމްޕަށް ގޮތް ދޫކުރަން މަޖުބޫރުވީ އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދިން ކުއްލި ހަމަލާތަކާއި، ޓްރަމްޕްގެ އެންމެ ގާތް އެކުވެރިޔާ އިލޮން މަސްކްގެ ބިލިއަން ޑޮލަރުގެ ވިޔަފާރި ސުންނާފަތިކޮށްލާނެ ކަމުގެ ބިރު ދެއްކުމުންނެވެ.

އީރާނުގެ މީޑިއާއިން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކުގައި އިލޮން މަސްކްގެ ކުންފުނިތައް ކަމަށްވާ "ސްޓާލިންކް" ސެޓެލައިޓް ނެޓްވޯކާއި "އެކްސް" ބޭނުންކުރަމުންދާކަމުގެ ސާބިތު ހެކި އެގައުމަށް ވަނީ ލިބިފައެވެ.

މަސްކްގެ ބިލިއަން ޑޮލަރުގެ ރޭވުންތައް އީރާނުގެ އަމާޒުފަތްގަނޑަކަށް!

އީރާނުގެ ފާސް ނިއުސް އެޖެންސީން ހާމަކުރި ގޮތުގައި، ގަލްފް ސަރަހައްދާއި އިސްރާއީލުގައި ހުރި އިލޮން މަސްކްގެ ކުންފުނިތަކުގެ ހުރިހާ ވަސީލަތްތަކާއި އިންފްރާސްޓްރަކްޗާ، އީރާނުގެ އަސްކަރީ ހަމަލާތަކުގެ "އަމާޒުފަތްގަނޑުގެ ލިސްޓަށް" އިތުރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މަސްކްގެ މަޝްރޫޢުތައް ކަމަށްވާ "ސްޓާޝީލްޑް" އަދި އީރާނާ ދެކޮޅަށް ޖާސޫސްކުރުމަށާއި ސިއްރު މުވާސަލާތުތަކަށް ބޭނުންކުރާ އަސްކަރީ ސެޓެލައިޓްތައް ބޭނުންކޮށްގެން، އީރާނުގެ ދެކުނުގެ ފެނުގެ ނިޒާމުތަކަށް އެމެރިކާ ސިފައިން ހަމަލާދީފައިވާކަމުގެ ތުހުމަތު އީރާނުން ކުރެއެވެ.

  • އަމާޒުކުރަން ހުރި ތަންތަން: އިސްރާއީލް، ގަތަރު، ޖޯޑަން، ޔޫއޭއީ އަދި އޮމާންގައި ހުރި ސްޓާލިންކްގެ ވަސީލަތްތަކާއި ސްޕޭސްއެކްސްގެ އިންވެސްޓްމަންޓްތައް.

"މަސްކްގެ މެނޭޖްމަންޓްގެ ދަށުގައި ހުރި ހުރިހާ ކުންފުނިތަކެއްގެ މަރުކަޒުތަކަށާއި މި ސަރަހައްދުގައި ހުތި ތަންނާއި އިސްރާއީލުގައި ހުޔރި ތަންތަނަށް ހަމަލާދިނުމުގެ ފުރިހަމަ ހައްގު އީރާނަށް ލިބިގެންވޭ." އީރާނުގެ އިތުބާރުހުރި މަސްދަރެއް

އެމެރިކާގެ 18 އަސްކަރީ މަރުކަޒަކަށް އީރާނުން ހަމަލާދީފި!

ޓްރަމްޕްގެ ބަސްމަގު މަޑުވެ، ހަމަލާ ކެންސަލްކުރަން ޖެހުނު އެންމެ ބޮޑު ސަބަބަކީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިން އެމެރިކާއަށް ދިން ވަރުގަދަ ރައްދެވެ. އީރާނުން ބުނާ ގޮތުގައި ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ އެންމެ މުހިންމު 18 އަމާޒަކަށް މިހާރު ވަނީ ކާމިޔާބު ހަމަލާތަކެއް ދީފައެވެ.

އީރާނުގެ ހަމަލާތައް އެރި އެމެރިކާގެ މަރުކަޒުތައް:

  1. ކުވެއިތު: އަލީ އައްސާލިމް އަދި އަހުމަދު އަލްޖާބިރު އެއާ ބޭސް.
  2. ބަހްރެއިން: ޝެއިޚް އީސާ އެއާ ބޭސް.
  3. ޖޯޑަން: އެމެރިކާގެ ފައިޓާ ޖެޓްތައް ބަހައްޓާފައި ހުރި އަސްކަރީ މަރުކަޒު.

މި ހަމަލާތަކާއެކު އެމެރިކާގެ އަސްކަރީ ބާރުގެ ނާޖާއިޒު ފައިދާ ނަގައިގެން އުޅުނު ޓްރަމްޕާއި، އޭނާގެ ފަހަތުގައި ހުރި ބިލިއަނަރު އިލޮން މަސްކްގެ މަސްލަހަތުތަކަށް ބޮޑު ލޮޅުމެއް އަރާނެކަމުގެ ބިރު ބޮޑުވުމުން ޓްރަމްޕަށް ޖެހުނީ "އެއްބަސްވުމެއްގެ" ނިވާފަތްގަނޑަށް ވަދެ ހަމަލާތައް ހުއްޓާލާށެވެ. ޓްރަމްޕްގެ މިއީ ފަސްޖެހުމެއް ނޫން ކަމަށާއި، އެއީ ސީދާ ބިރުގަތުން ކަމަށް ބަލާށެވެ.

ހިއްސާ ކުރައްވާ!