އީރާނާ އެކު 'ތާރީހީ އެއްބަސްވުމެއް އޮތް ވާހަކައަކީ' ހަގީގަތެއް ނޫން؛ އެއީ އޮޅުވާލުމެއް: ރޮބަޓް ޕޭޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާ އެކު "ތާރީޚީ އެއްބަސްވުމަކަށް" އާދެވިފައިވާ ކަމަށް ވިދާޅުވާ ވާހަކަތަކަކީ ގަބޫލުކުރެވޭނެ ވާހަކަތަކެއް ނޫން ކަމަށް ސިޔާސީ އިލްމުގެ މާހިރު ރޮބަޓް ޕޭޕް ވިދާޅުވެއްޖެއެވެ. ސީއެންއެންގެ ލޯރާ ކޯޓްސްއާ އެކު އޮތް ބަސްދީގަތުމެއްގައި އޭނާ ފާހަގަކުރެއްވި ގޮތުގައި، މި ތިބީ މި މައްސަލައިގެ ހައްލު ހޯދުމުގެ ފަހު މަރުހަލާގައި ނޫން ކަމަށާއި، މިހާރު މިތިބީ ހަނގުރާމައިގެ "މެދުތެރޭގައި" ކަމަށެވެ.

"މިއީ ނިމުމެއް ނޫން. މިއީ މުޅިން މެދުތެރެ. ފާއިތުވި 20 އަހަރު، އީރާނަށް ހަމަލާދިނުމުގެ ސްޓްރެޓެޖީތަކާއި، އެކަން ކުރާނެ ގޮތްތަކާއި، އެކި މަރުހަލާތަކުގެ މޮޑެލްތައް އަހަރެން ވަނީ ފަރުމާކޮށްފައި. މިހާރު މިހިނގަމުންދާ ކަންކަން ހުރީ ހަމަ އެ ސްޓްރެޓެޖީގެ ތެރޭގައި،" ޕޭޕް ވިދާޅުވިއެވެ.

އީރާނުގެ 'އެމްބިޝަން' ނުވަތަ އަމާޒުތައް މަތިވަނީ

ހަނގުރާމައިގެ ފުރަތަމަ މަރުހަލާގައި އެމެރިކާއިން ބޮން އަޅައި، އަމާޒުތައް ހަލާކުކުރި ނަމަވެސް، އެކަމުގެ ސަބަބުން އެމެރިކާގެ ނުފޫޒާއި ސްޓްރެޓެޖިކް މަގާމު ގެއްލިގެންދާކަން ޕޭޕް ފާހަގަކުރެއްވިއެވެ. "މިހާރު މި އޮތް މެދުތެރޭގެ މަރުހަލާގައި، އީރާން ދަނީ ހަމައެކަނި ދިފާއުވުމުގެ ބަދަލުގައި، އެގައުމުގެ ނުފޫޒު ސަރަހައްދީ ފެންވަރެއްގައި ފުޅާކުރަން މަސައްކަތްކުރަމުން. އެމީހުންގެ 'ސެކިއުރިޓީ ރެސިސްޓެންސް ނެޓްވޯކް' އެއްކޮށްލައި، ވަރުގަދަ ކުރުމުގެ ވާހަކަ އެދައްކަނީ އެހެންވެ،" އޭނާ ވިދާޅުވިއެވެ.

ޕޭޕްގެ ނަޒަރުގައި، ފާއިތުވި ދެ ހަފުތާގެ ތެރޭގައި އީރާނުގެ އަމާޒުތައް ވަނީ މާ ބޮޑަށް ހަރުދަނާވެ މަތިވެފައެވެ. "އެމީހުންގެ ރައްދު ހަމަލާތައް މިހާރު ވަރަށް ވަރުގަދަ. އަޅުގަނޑުމެން އެމީހުންނަށް ހަމަލާ ދިނުމުން، އެމީހުން ދެ ފަހަރު އަޅުގަނޑުމެންނަށް ހަމަލާދޭ. އިޒްރޭލާ ދެކޮޅަށް ވެސް އެމީހުން ކުރަނީ ހަމަ އެކަން." ޕޭޕް ވިދާޅުވިއެވެ.

ޓްރަމްޕްގެ 'ދާޚިލީ ސިޔާސީ މައްސަލަ'

ޓްރަމްޕް މިފަދަ ވާހަކަތައް ދައްކަވަނީ އޭނާގެ ދާޚިލީ ސިޔާސީ މަސްލަހަތުތަކެއްގެ ސަބަބުން ބޯހިކެން ކަމަށް ޕޭޕް ތުހުމަތުކުރެއްވިއެވެ. "ހަގީގީ މަޝްވަރާތަކެއް ކުރާނަމަ، އެ ވާހަކަތައް ޓްރަމްޕްގެ ސޯޝަލް މީޑިއާ 'ޓްރޫތް ސޯޝަލް’ގައި ނުފެންނާނެ."

ޓްރަމްޕްގެ 'މާގާ' ސަޕޯޓަރުންގެ މެދުގައި ބޮޑު ބައިބައިވުމެއް އޮތްކަން ވެސް ޕޭޕް ފާހަގަކުރެއްވިއެވެ. "މާގާގެ އެއް ބަޔަކު އެދެނީ ޓްރަމްޕް ވަރަށް ވަރުގަދައަށް ހަމަލާދޭން. އަނެއް ބަޔަކު އެދެނީ އެމެރިކާ އެ ހަނގުރާމައިން އެއްކޮށް ފޭބުމަށް. ޓްރަމްޕް މިހާރު މި ހުންނެވީ ހަމަނުޖެހުންތައް އިތުރަށް ގޯސްވެދާނެ ދަންތުރައެއްގައި ނިގޫ ފިތިފައި" ޕޭޕް ވިދާޅުވިއެވެ. ސީއެންއެން

ހިއްސާ ކުރައްވާ!