ދެ ފަރާތުން ރަސްމީކޮށް ބައްދަލުނުކޮށް، ދުރުން އޮންލައިންކޮށް ވެސް ސޮއިކުރެވިދާނެ: އަރާގްޗީ

އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް ވެވޭ ތާރީޚީ ފަހުމުނާމާ (އެމް.އޯ.ޔޫ) އެއްގައި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ސޮއިކުރެވިދާނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ހުކުރު ދުވަހު ވިދާޅުވެއްޖެއެވެ. އީރާނުގެ ރަސްމީ ޓީވީ މެދުވެރިކޮށް ވާހަކަދައްކަވަމުން އަރާގްޗީ ވިދާޅުވީ، ދެ ފަރާތުން ރަސްމީކޮށް ބައްދަލުނުކޮށް، ދުރުން އޮންލައިންކޮށް ވެސް މި ލިޔުމުގައި ސޮއިކުރެވިދާނެ ކަމަށެވެ.

މި އެއްބަސްވުމުގެ ފަހުގެ މަރުހަލާތަކުގެ މަޝްވަރާތައް ނިމުމުން، ރަސްމީކޮށް އެކަން އިޢުލާންކޮށް ލިޔުމުގައި ސޮއިކުރާނެ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

އީރާނުގެ މަސްއޫލުވެރިން މީގެ ކުރިން ވިދާޅުވެފައިވަނީ، އެ ޤައުމުގެ ހިފަހައްޓާފައިވާ ފައިސާތައް ދޫކޮށްލުމުން މެނުވީ އެއްވެސް އެއްބަސްވުމެއްގައި ސޮއިނުކުރާނެ ކަމަށެވެ.

ސީ.އެން.އެން އަށް މަޢުލޫމާތު ދިން ތިން މަސްދަރަކުން ހުކުރު ދުވަހު ބުނި ގޮތުގައި، މި ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުން އެންމެ ގާތީ ސުވިޓްޒަލޭންޑުގެ ޖެނީވާގައެވެ. އަދި އާދިއްތަ ދުވަހު ވެސް މި ރަސްމިއްޔާތު ބޭއްވިދާނެ ކަމަށް އެ ފަރާތްތަކުން ލަފާކުރެއެވެ. މަސްދަރަކުން ހާމަކުރި ގޮތުގައި، މި ސޮއިކުރުމަކީ ދެ ޤައުމުގެ ދެމެދުގައި ކުރިއަށްދާ ޑިޕްލޮމެޓިކް ވާހަކަތަކުގެ "ދެވަނަ މަރުހަލާ" ގެ ފެށުމެވެ. މި މަރުހަލާގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ ފަހުމުނާމާގައިވާ ކަންކަން ތަންފީޒ޿ުކުރުމުގެ މަސައްކަތްތަކެވެ.

މި އެއްބަސްވުމަށް "އިސްލާމްއާބާދު އިޢުލާން" ގެ ނަމުން ނަންދީފައިވަނީ، މި މަޝްވަރާތަކުގައި މެދުވެރިއެއްގެ ގޮތުން ޕާކިސްތާނުން އަދާކުރި މުހިންމު ދައުރަށް އިޙްތިރާމެއްގެ ގޮތުންނެވެ.

އީރާނުގެ މަސްދަރަކުން ބުނި ގޮތުގައި، ސޮއިކުރާނެ ބިމެއްގެ ގޮތުގައި އޮސްޓްރިއާގެ ވެރިރަށް ވިއެންނާއަށް ވެސް ދަނީ ވިސްނަމުންނެވެ.

ޓްރަމްޕް ދަނީ އީރާނުގެ ޝަރުތަށް އެއްބަސްވެފައި ވެސް އީރާނަށ ްބަހުގެ ހަމަލަތައް ދެމުންނެވެ.

ހުކުރު ދުވަހުގެ ހެނދުނު، ރައީސް ޓްރަމްޕް ވަނީ އީރާނަކީ "އަމާނާތްތެރިކަމެއް ނެތް" ބައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެއީ އެއްބަސްވުމުގެ ހުށަހެޅުންތަކާ ބެހޭގޮތުން އީރާނުން ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ފަތުރަމުންދާ ކަމަށް ވިދާޅުވެއެވެ.

"އީރާނުން ދޮގު ޚަބަރު ފަތުރާ މީޑިއާއަށް ތިލަކޮށްލި ޝަރުޠުތަކާއި، ލިޔުމުން އެއްބަސްވެފައިވާ ޝަރުޠުތަކާ އެއްވެސް ގުޅުމެއް ނެތް." ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރުތު ސޯޝަލް" ގައި ލިޔުއްވިއެވެ. ޚަބީސް ތްރަމްޕަކީ މީޑިއާއަށް އެލާޖިކް މީހެކެވެ!

ހިއްސާ ކުރައްވާ!