ޖީ7ގެ ސަމިޓްގައި ބައިވެރިވުމަށް ޓްރަމްޕް ފްރާންސަށް

ފަރަންސޭސިވިލާތުގައި ބާއްވާ ޖީ7 ގެ ސަމިޓުގެ ހަވާސާގައި ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމަތީގެ ގައުމުތަކުގެ ވެރިންނާ ބައްދަލުކޮށް ސައްލާ ކުރާނެއެވެ. އޭގެ ތެރޭގައި މިސްރާއި، ގަތަރާއި އަދި ޔޫއޭއީގެ ވެރިންނާއެކު ވަކިވަކި ބައްދަލުވުންތައް ބައްވާނެއެވެ.

ވައިތްހައުސްއިން ބުނަނީ ޓްރަމްޕް ހޯމަ ދުވަހުގެ ހެނދުނު ވައިޓް ހައުސްއިން ފުރާވަޑައިގަންނަވާނެ ކަމަށާއި، ފަރަންސޭސިވިލާތަށް ވަޑައިގެން، އެ ދުވަހުގެ މެންދުރުފަހު ޖީ7 ގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

  • އަންގާރަ ދުވަހު ޓްރަމްޕް ވަނީ ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އާލަޘާނީއާ އެކު، \
  • ޔޫއޭއީގެ ރައީސް ޝެއިޚް މުހައްމަދު ބިން ޒައިދު އާލަނަހްޔާންއާ އެކު
  • ބުދަ ދުވަހު، މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީއާ އެކު ވެސް ޓްރަމްޕް ވަކިން ބައްދަލުކުރައްވާނެ އެވެ.

އޮފިޝަލުން ވިދާޅުވީ، ފަރަންސޭސިވިލާތަށް ވަޑައިގަތުމާއެކު، ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތާއި ޖީ7 ގެ ވެރިންގެ މަސައްކަތުގެ ރޭގަނޑުގެ ފަރިއްކޮޅުގައި ބައިވެރިވެވަޑައިގަތުމުގެ ކުރިން، ފަރަންސޭސި ރައީސް އިމަނުއެލް މެކްރޮންއާ އެކު ޓްރަމްޕް ވަކިން ބައްދަލުކުރައްވާނެ ކަމަށެވެ.

އަދި އަންގާރަ ދުވަހު، ޖީ7 ގެ ވެރިންނާއި ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ އެކު ބާއްވާ މަސައްކަތުގެ ބައްދަލުވުމެއްގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ އިންވެސްޓްމަންޓް މުއާމަލާތްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ޖީ7 ގެ ވެރިންނާއި އެބޭފުޅުންގެ ބައިވެރިންނާއެކު ބާއްވާ ޖަލްސާއެއްގައި ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އަންގާރަ ދުވަހުގެ ރޭގަނޑު، އިޖުތިމާއީ ފަރިއްކޮޅެއްގައާއި ސަގާފީ ހަރަކާތްތަކެއް ބަލާލުމުގައި ޓްރަމްޕް ބައިވެރިވެވަޑައިގަންނަވާނެއެވެ.

އޮފިޝަލް ބުނި ގޮތުގައި، ޖީ7 ގެ ވެރިން މަޝްވަރާކުރައްވާނީ އިގްތިސާދީ ކުރިއެރުމާއި ތަރައްގީއާއި، މުހިންމު މަޢުދަނުތައް ފޯރުކޮށްދޭ ނިޒާމުތައް ވަރުގަދަކުރުމާއި، ގަވާއިދާ ޚިލާފަށް ހިޖުރަކުރުމާ ދެކޮޅަށް މަސައްކަތްކުރުމާއި، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް އަދި ހަކަތައިގެ ސަލާމަތްތެރިކަމާ ބެހޭގޮތުންނެވެ.

އެމެރިކާގެ ރައީސް ފަރަންސޭސިވިލާތަށް ކުރައްވާ ދަތުރުފަތުރު ނިންމާލެއްވުމަށް ހަމަޖެހިފައިވަނީ، އެނބުރި ގައުމަށް ފުރާވަޑައިގަތުމުގެ ކުރިން ޕެލަސް އޮފް ވާސާއީގައި ފަރަންސޭސި ރައީސްއާ އެކު ބާއްވާ ރޭގަނޑުގެ ފަރިއްކޮޅަކުންނެވެ.

ހިއްސާ ކުރައްވާ!