އެމެރިކާއާއި އީރާނާ ދެމެދު ކުރެވެމުންދާ ފަހުމުނާމާގެ މަޝްވަރާތަކުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ފުށުއެރުންތައް ގިނަކަން ހާމަވެއްޖެއެވެ. ނިއުކްލިއަރ ފަހުމުނާމާއެއްގެ ސިފަ ޖެހެމުން އަންނަ މި މަޝްވަރާތަކުގައި ދެ ގައުމުން ވެސް ދަނީ އެއްބަސްވުމުގެ މައިގަނޑު ކަންކަމާ މެދު މުޅިން ތަފާތު ވާހަކަތަކެއް ދައްކަމުންނެވެ.
ހުރުމުޒު ކަނޑުއޮޅި
- އެމެރިކާ: ފަހުމުނާމާގައި ސޮއިކުރުމަށްފަހު، ވަގުތުން ހުރުމުޒު ކަނޑުއޮޅި ހުޅުވަން ވާނެއެވެ.
- އީރާން: ކަނޑުއޮޅި ހުޅުވާނީ އީރާނުގެ ބެލުމުގެ ދަށުންނެވެ.
ފައިސާގެ މައްސަލަ (24 ބިލިއަން ޑޮލަރު)
- އެމެރިކާ: ފަހުމުނާމާގައި ސޮއިކުރުމަށްފަހު ވެސް، ފޭރިގެންފައިވާ ފައިސާ ދޫކުރެވޭކަށް ނެތެވެ.
- އީރާން: ފޭރިގެންފައިވާ 24 ބިލިއަން ޑޮލަރުގެ ތެރެއިން ދެބައިކުޅަ އެއްބައި (12 ބިލިއަން ޑޮލަރު)، ސޮއިކުރާ ވަގުތު ދޭން ޖެހޭނެއެވެ.
ނިއުކްލިއަރ މެޓީރިއަލް
- އެމެރިކާ: އީރާނުގެ ނިއުކްލިއަރ މެޓީރިއަލްތައް އެއްކޮށް ނައްތާލަން ޖެހޭނެއެވެ.
- އީރާން: ފައްކާކޮށްފައިވާ ނިއުކްލިއަރސާމާނާ ބެހޭގޮތުން ވާހަކަ ދައްކާނީ 60 ދުވަހުގެ ފަހުންނެވެ.
ސޮއިކުރުމުގެ އިންތިޒާމް
- އެމެރިކާ: ސޮއިކުރުން އޮންނާނީ ޔޫރަޕްގައެވެ. (ނަމަވެސް ފަހުން އީރާނުގެ ޚިޔާލަށް ތާއީދުކޮށްފައިވެއެވެ).
- އީރާން: ސޮއިކުރުން އޮންނާނީ ދުރުގައި ތިބެގެންނެވެ.
ސޮއިކުރާ ތާރީހު
- އެމެރިކާ: ސޮއިކުރުން އޮންނާނީ 14 ވަނަ ދުވަހު (އާދިއްތަ ދުވަހު) އެވެ.
- އީރާން: އާދިއްތަ ދުވަހު ސޮއިކުރުމެއް ނޯންނާނެއެވެ.
މިއަދު އީރާނުގައި އާންމު ރައްޔިތުން ދެކެނީ މި ފަހުމުނާމާގައި ސޮއެއް ނުކުރެވޭނެ ކަމަށެވެ!





