ޒަޔަނިސްޓުންގެ ވަހުޝީ އަނިޔާ ލިބެމުންދިޔަ އިމާދް ސަރުހާން ޝަހީދުކޮށްފި

ޒަޔަނިސްޓު ޖެނޮސައިޑް ރެޖީމުން ހިފާފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ހައިފާ ސިޓީއަށް ނިސްބަތްވާ، އުމުރުން 47 އަހަރުގެ ފަލަސްތީނުގެ އަސީރު ޢިމާދު ރާޖިހް ސަރްހާން، 'ޖަލްބޫޢު' އަށް ޔަހޫދީން އަނިޔާކުރަމުން ދަނިކޮށް މިދުނިޔެ ދޫކޮށް ޝަހީދު ވެފައިވާ ކަމަށް ޒަޔަނިސްޓު ޖެނޮސައިޑް ރެޖީމުން އޭނާގެ އާއިލާއަށް އަންގައިފިއެވެ. އޭނާ އަވަހާރަވީ އިއްޔެ (ހޮނިހިރު ދުވަހު) އަނިޔާ ކުރުމުގެ ތެރޭގައި ހިތް ހުއްޓިގެންނެވެ.

ފަލަސްތީނުގެ ގައިދީންނާ ބެހޭ ކޮމިޝަނުންނާއި ގައިދީންގެ ކްލަބުން މިއަދު (އާދީއްތަ ދުވަހު) ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޝަހީދު ޢިމާދު ސަރްހާން 2001 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޖަލު ބަންދުގައި އަނިޔާގައި ހުންނަތާ އެތައް އަހަރު ވެފައިވާ ކަމަށާއި، އޭނާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ކަމަށެވެ.

ޖަލު ބަންދުގައި އޭނާއަށް އަނިޔާވެރިކޮށް ތަހުގީގުތައް ހިންގާ، ނިޒާމީ ގޮތެއްގައި ބޮޑެތި އަނިޔާތައް ދީފައިވާ ކަމަށާއި، އޭގެ ސަބަބުން އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބި، ސިއްހީ ހާލަތު އަހަރުތަކެއް ވަންދެން ގޯސްވަމުން ގޮސްފައިވާ ކަމަށް ބަޔާނުގައިވެއެވެ. މީގެ އިތުރުން، އޭނާ ތަކުރާރުކޮށް އެކަހެރިކޮށް ބަންދުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ދިގު މުއްދަތެއްގެ ޖަލު ބަންދާއި، ލިބުނު އަނިޔާތަކާއި، ސިއްހީ ފަރުވާ ނުދީ ދޫކޮށްލުމުގެ ސަބަބުން ޢިމާދަށް ހިތުގެ ބަލިތަކާއި ލޭހޮޅިތައް ގަނޑުވުމުގެ ބަލިތައް ޖެހި، ލޭ މައްޗަށް ދިއުމުގެ މައްސަލަ ކުރިމަތިވި ކަމަށެވެ. ފަހަކަށް އައިސް ސިއްހީ ހާލަތު އިންތިހާއަށް ގޯސްވުމުގެ ސަބަބުން އޭނާ އުޅެމުން ދިޔައީ ފުރޮޅުލީ ގޮނޑިއެއްގައެވެ. އެހެންނަމަވެސް، ޖަލު އިދާރާތަކުން އޭނާ ބަހައްޓާފައިވަނީ އަނިޔާ ކުރުމުގެ އަނިޔާވެރި ހާލަތެއްގައެވެ.

ޢިމާދު ސަރްހާން ވެގެން ގޮސްފައިވަނީ އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ ގައިދީންނާ ދެކޮޅަށް ހިންގާ ޖަރީމާތަކާއި އަނިޔާވެރި ސިޔާސަތުތަކުގެ ޝިކާރައަކަށެވެ. ހާއްސަކޮށް، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް މިހާރު ޒަޔަނިސްޓު ޖެނޮސައިޑް ރެޖީމުން ހިންގަމުންދާ ގަތުލުއާންމުގެ ތެރޭގައި ޖަލުތަކުގެ ނިޒާމު އިތުރަށް އަނިޔާވެރިވެފައިވާ ކަމަށް ގައިދީންނާއި އަސީރުންގެ ޖަމުއިއްޔާއިން ބުނެއެވެ.

އިސްރާއީލުން ޢިމާދު އަވަހާރަވުމުގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭނެ ކަމަށް އެ ފަރާތްތަކުން ބުނެފައިވެއެވެ. އަދި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކާއި ޒަޔަނިސްޓު އަރަބިންނާއި މުސްލިމުން ހަމައެކަނި ކުށްވެރިކުރުމުގެ ބަދަލުގައި، އިސްރާއީލުގެ ލީޑަރުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތަކުގެ ދައުވާކޮށް، އެ މީހުން ޖަވާބުދާރީ ކުރުވުމަށް އަމަލީ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައިވެއެވެ.

ހިއްސާ ކުރައްވާ!