ރައީސް ޓްރަމްޕް އީރާނާއެކު އެކުލަވާލި ސުލްހައިގެ އައު އޮނިގަނޑަކީ ބޮޑު ކާމިޔާބީއެއް ކަމަށް ދައްކަވަން މަސައްކަތްކުރައްވައެވެ. ހުރުމްޒް ކަނޑުއޮޅި އަލުން ހުޅުވި، ސަރަހައްދުގެ ސަލާމަތް ކަށަވަރުވާނެ ކަމަށް އޭނާ ދައުވާ ކުރައްވައެވެ. ނަމަވެސް، ނިއުޔޯކް ޓައިމްސްއިން ބުނާ ގޮތުގައި ޓްރަމްޕް އޮޅުވާލަނީ އެވެ. އަދި ޓްރަމްޕްގެ ވާހަކަތަކާއި ހަގީގަތާ ދެމެދު ބޮޑެތި ފަރަގުތަކެއް އެބަހުއްޓެވެ.
-
އެންމެ ފުރަތަމަ ކަނޑައެޅި ލަނޑުދަނޑިތައް ހާސިލްނުވުން: ތިން މަސް ދުވަސް ކުރިން ހަނގުރާމަ ފެށްޓެވިއިރު، އީރާނުގެ ސިފައިން "ފުނޑުފުނޑުކޮށް"، އެ ޤައުމުގެ ސަރުކާރު ވައްޓާލައި، "ޝަރުތަކާ ނުލައި ހަތިޔާރު ބެހެއްޓުމަށް" ޓްރަމްޕް ގޮވާލެއްވިއެވެ. މި ލަނޑުދަނޑިތަކުން ކުރެ އެއްވެސް ކަމެއް ހާސިލެއް ނުވިއެވެ. އޭގެ ބަދަލުގައި މި ހަނގުރާމައިގައި އެތައް ހާސް އާންމުންނެއް މަރުވެ، އެމެރިކާ ސިފައިންގެ 13 މީހެއްގެ ފުރާނަ ގެއްލި، އީރާނުގެ ވެރިންނަށް އިތުރު ހިތްވަރެއް ލިބުނީއެވެ.
-
ނިއުކްލިއަރ މައްސަލަ ހައްލުނުވެ އޮތުން: އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް "ނައްތާލެވިފައިވާ" ކަމަށް ނުވަތަ އެ ޤައުމުން ދެން ނިއުކްލިއަރ ހަތިޔާރު ބޭނުން ނުވާ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، އެ މައްސަލަ އަދިވެސް އޮތީ ހައްލުނުވެއެވެ. ނިއުކްލިއަރ މަޝްވަރާތައް މަދުވެގެން 60 ދުވަހަށް ފަސްކޮށްފައިވާއިރު، ޔުރޭނިއަމް ފައްކާކުރުމުގެ ހައްޤު އީރާނުން ދޫކޮށެއް ނުލައެވެ.
-
ބާރުގެ ބޭނުންކުރުމުގައި އޮޅުން އެރުން: އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިގެން، ހަނގުރާމައިގެ ކުރިން އޮތް ހާލަތު ކަމަށްވާ ހުރުމުޒު ކަނޑުއޮޅި ހުޅުވުން އަނބުރާ ގެންނަން އެމެރިކާއިން މިހާރު މި މަސައްކަތްކުރަނީ އަގެއް ދީގެންނެވެ. މިއީ އެންމެ ފުރަތަމަ ވައުދުވި ފަދަ، އެ ޤައުމުގެ ހަތިޔާރު އެއްކޮށް ނައްތާލުމުގައި ޓްރަމްޕަށް ލިބުނު ކާމިޔާބެއް ނޫނެވެ.
-
ހަނގުރާމައިގެ މައިގަނޑު ބައިވެރިއެއް ކަމަށްވާ އިޒްރޭލުން ޓްރަމްޕްގެ އެއްބަސްވުމާމެދު ޝައްކު އުފައްދައެވެ. އަދި ޓްރަމްޕްގެ އެކުވެރި ރިޕަބްލިކަން ޕާޓީގެ ބައެއް ބޭފުޅުން ކަމަށްވާ މިސާލަކަށް ސެނެޓަރ ލިންޑްސީ ގްރޭހަމް ވެސް ކަންބޮޑުވުން ފާޅުކޮށްފައިވަނީ، މި އެއްބަސްވުމާމެދު އެމެރިކާ ސަރުކާރުން ދެކޭ ގޮތާއި އީރާނުގެ ވިސްނުމާ ދިމާނުވެދާނެތީއެވެ.




