ފްރާންސްގައި އީރާންގެ ސައިންވެރިއަކު ޔަހޫދީން ޝަހީދުކޮށްފި

ފްރާންސްގެ ނީސް ސިޓީގައި މިދިޔަ މާރިޗު މަހު ކުއްލި ގޮތަކަށް މަރުވި އީރާނުގެ އެންމެ މޮޅު އެއް ސައިންސްވެރިޔާ، ޑރ. އަލީ އިޙްސާނިޔާންގެ ހަށިގަނޑު އެނބުރާ ގައުމަށް ފޮނުވާލާފައިވާއިރު، އޭނާ އަވަހާރަކޮށްލީ އިސްރާއީލުގެ މޮސާޑް ޖާސޫސީ އިދާރާއިން ކަމަށް އީރާނުން ބުނެފިއެވެ.

މި ހާދިސާގައި، އީރާނުގެ ދިފާއީ މިނިސްޓްރީގެ އަސްކަރީ މަޝްރޫއުތަކަށް ކުރިން އެހީތެރިވެދިން ޑރ. އިޙްސާނިޔާންގެ ހަށިގަނޑު ޖޫން އެގާރަވަނަ ދުވަހު އީރާނަށް ގެންގޮސް، އޭނާގެ އުފަން ރަށުގައި ވަނީ ވަޅުލާފައެވެ. ޑރ. އަލީ އިޙްސާނިޔާނަކީ އީރާނުގައި އުފެދުނު އެންމެ ތޫނިފިލި އެއް ސައިންސްވެރިޔާއެވެ. އޭނާގެ މޮޅުކަން ހާމަވާ ބައެއް ކަންކަމަކީ:

  • އީރާނުގެ ޔުނިވަރސިޓީތަކަށް ވަނުމަށް ބާއްވާ، ދެލައްކަ އަށްޑިހަ ހާސް ކުދިން ވާދަކުރި ގައުމީ އިމްތިހާނުން އޭނާ ވަނީ 195ވަނަ ހޯދާފައެވެ.
  • އީރާނުގެ އަމީރްކަބީރު ޔުނިވަރސިޓީން، އެއްވެސް އިމްތިހާނަކާ ނުލައި އޭނާގެ ހުރި މޮޅުކަމުން ސީދާ "އެކްސެޕްޝަނަލް ޓެލެންޓް" ގެ ދަށުން އެއްފަހަރާ ދެ މާސްޓާސް ޑިގްރީ އިލެކްޓްރޯނިކްސް ދާއިރާއާއި ކޮމިއުނިކޭޝަންސްއިން ހާސިލުކުރިއެވެ.
  • ފްރާންސްގެ މަޝްހޫރު ސޯބޯން ޔުނިވަރސިޓީން ޕީއެޗްޑީ ހާސިލުކޮށް، ޔޫރަޕިއަން ޔޫނިއަންގެ އެންމެ މަތީ ރިސާޗް އެވޯޑެއް ކަމަށްވާ "މާރީ ސްކްލޮޑޮވްސްކާ-ކިއުރީ" ގްރާންޓް ހޯދިއެވެ.

އޭނާގެ ހަގީގީ މޮޅުކަމަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، އާއި މެޝިން ލާނިން އަދި ކުރިއަށް އޮތް "6ޖީ" ނެޓްވޯކްތަކާ ބެހޭގޮތުން އޭނާ ހޯދި ހޯދުންތަކެވެ. އަސްކަރީ މާހިރުން ބުނާގޮތުގައި އޭނާގެ މި ހޯދުންތަކަކީ ހަނގުރާމަތަކުގައި ބޭނުންކުރާ ޑްރޯންތަކާއި، އިލެކްޓްރޯނިކް ހަނގުރާމައިގެ މުވާސަލާތީ ނިޒާމުތައް ތަރައްގީކުރަން ބޭނުންކުރާ "ޑުއަލްޔޫސް" ޓެކްނޮލޮޖީއެވެ.

އީރާނުގެ ޚާރިޖީ ވުޒާރާއިން އޭނާގެ މަރު ސިފަކުރީ "ހިތްދަތި ހާދިސާއެއް" ގެ ގޮތުގައެވެ. ފްރާންސްގެ ފުލުހުން މިކަމަށް ރަސްމީ ބަޔާނެއް ނެރެފައި ނުވި ނަމަވެސް، އީރާނުން ގަބޫލުކުރާ ގޮތުގައި މިއީ އީރާންގެ ސައިންސްވެރިން ނައްތާލުމަށް މޮސާޑުން ބޭރުގައުމުތަކުގައި ޔަހޫދީން ހިންގާ ސިއްރު އޮޕަރޭޝަންތަކުގެ ބައެކެވެ.

ހިއްސާ ކުރައްވާ!