އަރަބި ވެރިންގެ ހިނިތުންވުމާއި ޓްރަމްޕާއި ހުޅަނގަށް ޚުޝާމަދުކުރުން

ފްރާންސްގައި މިހާރު ކުރިއަށްދާ ޖީ-7 ސަމިޓުގެ ހަވާސާގައި، މިސްރުގެ ރައީސް ޢަބްދުލްފައްތާޙް އައްސީސީއާއި އަރަބި ގައުމުތަކުގެ އިސްވެރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ހުޅަނގުގެ ލީޑަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުންތަކުގައި ފެނިގެންދިޔައީ ހުޅަނގުގެ ލީޑަރުންނާއެކު އަރަބި ވެރިން ވަރަށް ބޮޑަށް ހިނިފުޅުވެވަޑައިގެން، ޚުޝާމަދުގެ ރާގަކަށް މުއާމަލާތްކުރެއްވި މަންޒަރެވެ.

ސަމިޓުގެ ހަވާސާގައި ބޭއްވި "މެދުއިރުމަތީގެ ހަމަޖެހުމާއި ކާރިސާތަކުން އަރައިގަތުން" ގެ ދަށުން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސީސީ ވަނީ ރައީސް ޓްރަމްޕަކީ މުސްލިހެއް ކަމަށް ވިދާޅުވެ އޭނާގެ ހިދުމަތްތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. ޚާއްސަކޮށް، ޣައްޒާ ހަނގުރާމަ ހުއްޓުވުމަށާއި އީރާނާއެކު ސޮއިކުރާ އެއްބަސްވުންތަކުގައި ޓްރަމްޕް އަދާކުރެއްވި ދައުރަށް ސީސީ ވަނީ ތައުރީފުގެ ބަސްތައް އޮއްސަވާފައެވެ.

މިސްރުގެ ރައީސް ޖެނެރަލް ސީސީ ވިދާޅުވީ، ރައީސް ޓްރަމްޕްގެ ސުލްހައިގެ ޕްލޭން ތަންފީޒުކުރުން އަވަސްކުރަންޖެހޭ ކަމަށާއި، މިސްރާއި އިސްރާއީލާ ދެމެދު އޮތް ސުލްހައިގެ މުއާހަދާއަކީ މުޅި ސަރަހައްދަށް ވެސް ފެންނާން އޮތް ރީތި ނަމޫނާއެއް ކަމަށެވެ. މީގެ އިތުރުން، ޓްރަމްޕް މިހާތަނަށް ހާސިލުކުރެއްވި ސުލްހައިގެ ކާމިޔާބީތަކަށް ބުރޫއަރާނެ އެއްވެސް ކަމެއް ނުކުރުމަށް އެންމެހާ ފަރާތްތަކަށް އިންޒާރު ދެއްވިއެވެ!

މި ބައްދަލުވުންތަކުގައި އަރަބި ލީޑަރުން އެއްބަސްވެވަޑައިގަތީ، ސަރަހައްދީ ހަމަޖެހުމަށްޓަކައި ހުޅަނގުގެ ލީޑަރުންނާއެކު މަސައްކަތްކުރުމަށެވެ. އަދި އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދުމަށް ކުރާ މަސައްކަތްތައް ހުއްޓުވުމާއި، މެދުއިރުމަތީގެ ކަނޑުގެ އޮޅިތަކުގެ މިނިވަންކަން ކަށަވަރުކުރުމަށް ޓްރަމްޕް އިމާމެއްގެ ގޮތުގައި ބަހައްޓައިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އަރަބި ލީޑަރުންގެ މި ބަސްމަގުން ދޭހަވަނީ، އެމެރިކާގެ ނުފޫޒާއި ހުޅަނގުގެ ރުހުން ހޯދުމަށް އަރަބި ވެރިންގެ ފަސްޖެހުމެއް ނެތް ކަމަށެވެ. ޚާއްސަކޮށް، ފަލަސްތީނުގެ މައްސަލައާއި ލުބުނާނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވިއިރު ވެސް، ޓްރަމްޕްގެ ސިޔާސަތުތަކަށް އެއްވެސް ފާޑުކިޔުމެއް ނެތި، ޚުޝާމަދު ކުރުމުގެ ވައްޓަފާޅިއެއް ވަނީ ފެނިގެން ގޮސްފައެވެ.

މި ސަމިޓުގެ ތެރެއިން ސީސީއާއި ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އާލް ޘާނީއާ ދެމެދު ބަދަލުކުރެވުނު ހިނިތުންވުންތަކަކީ، ސަރަހައްދީ ވެރިން ހުޅަނގުގެ ލީޑަރުންގެ ކުރިމަތީގައި އެއްބައިވަންތަކަން ދައްކައި، ޓްރަމްޕްގެ އާ ނިޒާމުގެ ތެރެއަށް ވަންނަން ތައްޔާރުވެފައިވާ ކަމުގެ ނިޝާނެއް ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!