އީރާން ފަހުމުނާމާގެ މައްސަލާގައި ޓްރަމްޕާ ޚިޔާލު ތަފާތުވި މަސްއޫލުވެރިން ވަކި ކުރަނީ

އީރާނާއެކު އެމެރިކާއިން އެކުލަވާލި އާ ފަހުމުނާމާއާ ދެކޮޅު ހެދި އެމެރިކާގެ ސަރުކާރުގެ އިސް މަސްއޫލުވެރިންތަކެއް މަގާމުން ވަކިކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތް ފައްޓަވައިފިއެވެ. އިޒްރޭލުގެ "އިޒްރޭލް ހަޔޮމް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕް މި ފިޔަވަޅު އަޅުއްވަން ނިންމެވީ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު އިއުލާނުކުރި އީރާނާ އެކު އޮތް އެއްބަސްވުމާ ދެކޮޅަށް ސަރުކާރުގެ ތެރޭގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދުމުންނެވެ.

މި އެއްބަސްވުމާ އެންމެ ބޮޑަށް ދެކޮޅު ހެއްދެވި ބޭފުޅުންގެ ތެރޭގައި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް އާއި ސީއައިއޭގެ ޑިރެކްޓަރު ޖޯން ރެޓްކްލިފް ހިމެނެއެވެ. މި ބޭފުޅުން ވަކާލާތު ކުރެއްވީ އީރާނާ ދެކޮޅަށް އިތުރަށް ހަރުކަށި ފިޔަވަޅު އެޅުމަށެވެ. މިއާ ޚިލާފަށް، ނައިބު ރައީސް ޖޭޑީ ވެންސް، ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އަދި ޖެރެޑް ކުޝްނަރު ފަދަ ބޭފުޅުން ތާއީދު ކުރެއްވީ ޑިޕްލޮމެޓިކް ހައްލަކަށެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ ވެސް މި އެއްބަސްވުމާމެދު ސުވާލު އުފެއްދެވި ނަމަވެސް، އޭނާ މަގާމުން ވަކިކުރުމުގެ ފުރުސަތު ކުޑަކަމަށް މައުލޫމާތު ލިބެއެވެ.

މި ބަދަލުތަކުގެ ފަހަތުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ޓްރަމްޕާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުން ވެސް ވަރަށް ބޮޑެވެ. ޓްރަމްޕް ވަނީ ބައިރޫތަށް ޖެނޮސައިޑް ރެޖީމުން ދިން ހަމަލާތައް ކުށްވެރިކޮށް، އެއީ "ހިނގަން ނުޖެހޭނެ" ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި އީރާނުން ބުނާ ގޮތުގައި ލުބުނާނުގައި ހަނގުރާމަ ހުއްޓާލުމަކީ އެމެރިކާގެ މި އެއްބަސްވުމުގެ އެންމެ މުހިންމު އެއް ބައެވެ.

މިހާތަނަށް ވައިޓް ހައުސްއިން ރަސްމީކޮށް މި މަގާމުތަކަށް އަންނާނެ ބަދަލުތައް ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް، ސަރުކާރުގެ ތެރޭގައި މިހާރު ހިނގަމުންދާ ކަންކަމުން ދޭހަވަނީ މެދުއިރުމަތީގެ ސިޔާސަތާ މެދު އެމެރިކާގެ އިސްވެރިންގެ މެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ހުރިކަމެވެ.

ހިއްސާ ކުރައްވާ!