އެމެރިކާ އާއި އީރާނާ ދެމެދު އެކުލަވާލި ވަގުތީ އެއްބަސްވުމުގައި ލުބުނާނުގައި ހިންގާ އަސްކަރީ ހަރަކާތްތައް ވަގުތުން ހުއްޓާލުމަށް ކަނޑައަޅާފައި އޮތް ނަމަވެސް، އިޒްރޭލުން ބުނަނީ އިޒްރޭލަކީ އެމެރިކާގެ ގޮނޑިކޮއްކޮއެއް ނޫން ކަމަށެވެ. އަދި ިސްރޭލުގެ ސިފައިން ލުބުނާނުގެ ދެކުނުގެ ސަރަހައްދަށް 10 ކިލޯމީޓަރު އެތެރެއަށް ވަދެ ހަރަކާތްތެރިވަމުންދާ ކަމަށް ޔަގީން ކޮށްދީފައި ވެއެވެ.
އިޒްރޭލުގެ ސިފައިން ބުނީ، އެމީހުންގެ ޔަހޫދީ ސިފައިން އެ ސަރަހައްދުގައި ތިބުމަށާއި އެމީހުންގެ އޮޕަރޭޝަންތަކަށް އެއްވެސް ފަރާތަކަށ ްބަސް ނުކިޔޭނެ ކަމަށެވެ. އަދި އީރާން އެމެރިކާގެ ފަހުމުނާމާއަށް އިޒްރޭލުން އަމަލު ނުކުރާނެ ކމަަށްވެސް ބުނެއެވެ.



