ހިޒްބުﷲ އާއެކު ކުރަމުންދާ ބަދަލު ކުރަމުންދާ ހަމަލަތައް ވަގުތުން ހުއްޓާލުމަށް އިސްރާއީލަށް އެންގެވި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އެން.ބީ.ސީ ނިއުސް އަށް ދެއްވި ފޯނު އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، ހާލަތު ފިނިކޮށް، ވިސްނުންތެރިކަމާއެކު އަމަލުކުރުމުގެ ވަގުތު ޖެހިއްޖެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ސީދާ ވާހަކަފުޅު ދެއްކެވިތޯ އެ ނޫހުން ސުވާލުކުރުމުން، ޓްރަމްޕް އެކަމަށް ސާފު ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
މި ހަރަކާތްތަކާ ދިމާކޮށް އީރާނުން ވަނީ ލުބުނާނަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ކުށްވެރިކޮށްފައެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަޤާއީ ވިދާޅުވީ، މި ސަރަހައްދުގެ ސުލްހައާއި ސަލާމަތަށް ލިބޭ ގެއްލުންތަކުގެ ޒިންމާ އެމެރިކާއިން އުފުލަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން، މި ހަފުތާގައި އެމެރިކާއާއި އީރާނާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާއަށް އިޝާރާތް ކުރައްވައި ބަޤާއީ ވިދާޅުވީ، ލުބުނާނުގައި ހަނގުރާމަ ހުއްޓާލުމަކީ ހުރިހާ މައިދާނެއްގައި ހަނގުރާމަ ހުއްޓާލުމަށް ވެވުނު އެއްބަސްވުމުގެ މުހިންމު ބައެއް ކަމަށެވެ. "އީރާނުގެ މަސްލަހަތާއި، ސަލާމަތާއި، އަދި އަޅުގަނޑުމެންގެ ބައިވެރިންގެ ހިމާޔަތަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނަން،" އޭނާ ވިދާޅުވިއެވެ.





