އިޒްރޭލުގެ ހައްދުފަހަނައެޅި މިނިސްޓަރ އޮފް ނޭޝަނަލް ސެކިއުރިޓީ، އިތަމާރު ބެން-ގްވީރު، ލުބްނާނުގައި ހިންގި އޮޕަރޭޝަންތަކެއްގައި އިޒްރޭލުގެ 4 ސިފައިން މަރުވިކަން އިއުލާންކުރުމާ ގުޅިގެން، "މުޅި ލުބްނާން އަނދައި އަޅިއަށް ވާން ޖެހޭނެ" ކަމަށް ބުނެ ޝާއިއުކުރި ޕޯސްޓަކާއެކު ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެއްޖެއެވެ.
ބެން-ގްވީރު އޭނާގެ ޕޯސްޓުގައި ލިޔެފައިވެއެވެ:
"އިޒްރޭލުގެ މަންމައަކު އޮހޮރުވާ ކޮންމެ ކަރުނަ ތިއްކަކަށްޓަކައި، ލުބްނާނުގެ އެތައް ހާސް މަންމައިންނެއް ރޯން ޖެހޭނެއެވެ. މުޅި ލުބްނާން އަނދައި އަޅިއަށް ވާން ޖެހޭނެ! އެމެރިކާގެ ރައްޔިތުންނަށް ފުރިހަމަ އިހުތިރާމާއެކު ދަންނަވަން، އަހަރެމެންގެ ދަރިންގެ ލޭ އޮހޮރުވުމާއި އަހަރެމެންގެ ރައްޔިތުންގެ ސަލާމަތަކީ ކުޅޭކުޅޭ ކަމެއް ނޫންކަން މުޅި ދުނިޔެއަށް އިޒްރޭލުން ސާފުކޮށްދޭން ޖެހޭނެއެވެ. އަހަރެމެންގެ އެންމެ މަތީ ވާޖިބަކީ އިޒްރޭލުގެ ރައްޔިތުންނާއި ސިފައިން ހިމާޔަތްކުރުމެވެ، އަދި އެ ޒިންމާ އެހެން ކޮންމެ ކަމަކަށްވުރެ މުހިންމެވެ… އަހަރެން ބޮޑުވަޒީރަށް އަދި އަމިއްލަ ބައްދަލުވުންތަކުގައި ވެސް ބުނެފައިވާނެ، އިޒްރޭލުގެ މަންމައަކު އޮހޮރުވާ ކޮންމެ ކަރުނައަކަށް 1000 ލުބްނާން މަންމައިން ރޯން ޖެހޭނެއެވެ… މި 'ޕިންގް-ޕޮންގް' ކުޅޭހެން ހަނިގޮތަކަށް ހަމަލާ ބަދަލުކުރުން ހުއްޓާލަން ޖެހޭނެއެވެ. މެދުއިރުމަތީގައި ކާމިޔާބު ހޯދޭނީ ބަލައިގެން ރައްދު ދީގެންނެއް ނޫނެވެ؛ އެކަމަކު މޮޔައެއް ފަދައިން ހަރުކަށިކަމާއެކު އަމަލުކޮށް، ޓެރަރިޒަމް މުޅިން ފުނޑުފުނޑުކޮށް ނައްތާލައިގެންނެވެ."
މިއަށް ރައްދު ދެއްވަމުން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް ޢަރާޤްޗީ އެކްސް ޕްލެޓްފޯމުގައި ލިޔުއްވީ:
"މިއީ ނަސްލު ނައްތާލުމަށް ޖެނޮސައިޑަށް ބޭނުންވެފައިވާ މޮޔައަކު ގޮވާލި ގޮވާލުމެއް އެކަންޏެއް ނޫނެވެ؛ މިއީ އިޒްރޭލުގެ ނިޒާމުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރަކު އާންމުކޮށް ކުރި އިއުލާނެކެވެ… ޔަހޫދީ ނިޒާމުގައި ހަރަކާތްތެރިވާ މި 'މީހުން މަރަން ބޭނުންވާ ޖަމާއަތް’އަކީ މުޅި އިންސާނިއްޔަތަށް ހުރި ބިރެކެވެ؛ އެމީހުންގެ ހަމައެކަނި މަގްސަދަކީ ދާއިމީ ހަނގުރާމައެވެ."
ބެން-ގްވީރުގެ އިތުރުން، އިޒްރޭލުގެ ފައިނޭންސް މިނިސްޓަރ ބެޒަލީލް ސަމޮޓްރިޗް ވެސް ވަނީ ލުބްނާނަށް އަދަބުދޭ ހަމަލާތަކެއް ދޭން ގޮވާލާފައެވެ. އޭނާ އެކްސްގައި ލިޔުނީ: "މިއީ އަލިފާނުގެ ބަހުން ވާހަކަ ދައްކަންވީ ވަގުތެވެ… އަދި ނަރަކައިގެ ދޮރުތައް ހުޅުވަންވީ ވަގުތެވެ."






