ބައިނަލްއަގްވާމީ މައިދާނުގައި ގައުމުގެ އިތުބާރު ކުޑަވެ، އެތެރޭގެ ހަމަނުޖެހުންތަކާ ކުރިމަތިލާން ޖެހުނު ޕާކިސްތާނަށް، އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި ފަސޭހަކޮށްދޭ ފަރާތެއްގެ ދައުރު ލިބުމަކީ ބޮޑު ފުރުސަތެކެވެ. ނަމަވެސް، މި ފުރުސަތުގެ ބޭނުންހިފައި، ބައިނަލްއަގްވާމީ ފެންވަރުގައި "ސުލްހަ ގާއިމުކުރާ ފަރާތެއްގެ" ގޮތުގައި ފެނުމަށް ޕާކިސްތާނުގެ ލީޑަރޝިޕުން ދެއްކި އަވަސް އަރުވާލުމަކީ، އެ ގައުމުގެ ޑިޕްލޮމެސީއަށް ދިމާވި ކުއްލި މައްސަލައކެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް، ދެ ފަރާތުގެ ދެމެދުގައި "ސުލްހައިގެ އެއްބަސްވުމުގެ ލިޔުމުގައި ސޮއިކުރެވިއްޖެ" ކަމަށް އިއުޅާން ކުރއްވިއެވެ. ނަމަވެސް އެ އިއުލާނާ ގުޅޭ ބައެއް މެސެޖުތައް ޑިލީޓްވެސް ކުރެއްވި އެވެ. އެހެންމަަވެސް ފަހުން އިސްލާމްއާބާދު ފަހުމުނާމާ ވަނީ ހަގީގަތަކަށް ވެފައެވެ.
އިސްލާމްއާބާދުގެ މި އަމަލުން ދައްކުވައިދެނީ، އެ ގައުމު ބޭނުންވަނީ މި މައްސަލައިގައި ހަމައެކަނި "ފަސޭހަކޮށްދޭ ފަރާތެއްގެ" ގޮތުގައި ހުރުމުގެ ބަދަލުގައި، މައްސަލައިގެ އިސް ދައުރަކަށް ވުމަށެވެ. މިއީ ޕާކިސްތާނުގެ ހާރިޖީ ސިޔާސަތުގައި ކުރިން ވެސް ފެންނަ ކަމެކެވެ.
މި މަޝްވަރާތަކުގައި ޕާކިސްތާނު ހޮވާފައިވަނީ ވެސް، އެހެން ގައުމުތަކާ އަޅާބަލާއިރު އެންމެ "މައްސަލަ މަދު" ގައުމަކަށް އެ ގައުމު ވުމުންނެވެ. މިހާރު ޕާކިސްތާނުން ދަނީ ސުއިޒަރލެންދްގެ މަޝްވަރާއަށް ފައްކާ ކުރަމުން އިތުރު މައްސަލައަކާ ނުލަިއ ފަންނީ މަޝްވަރާތައް ބޭއްވޭނެ ގޮތް ހަދައި ދެމުންނެވެ.

