އެމެރިކާގެ ނައިބު ރައީސް ސްވިޒަލޭންޑަށް

އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވެންސް ސްވިޓްޒަލޭންޑަށް ދަތުރުފުޅު ފައްޓަވައިފިއެވެ. އާދީއްތަ ދުވަހު އީރާނާއެކު ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް ވޮޝިންޓަނުން ފުރުއްވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވެންސް ވިދާޅުވީ، މި ބައްދަލުވުންތަކުން މައިގަނޑު ދެ ކަމަކަށް ހައްލު ހޯދުމަށް އުންމީދު ކުރައްވާ ކަމަށެވެ.

ވެންސް ފާހަގަކުރެއްވި ގޮތުގައި މަޝްވަރާތަކުގެ އެންމެ ބޮޑު ދެ އަމާޒަކީ އީރާނުގެ ނިއުކްލިއާ މައްސަލައަށް ހައްލެއް ހޯދުމާއި، ލުބްނާނުގައި ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމެވެ. އޭނާއަށް ސްވިޓްޒަލޭންޑުގައި ހޭދަކުރެއްވޭނީ އެންމެ ދެ ދުވަހެއްހާ މުއްދަތު ކަމަށް ވާތީ، މި މަޝްވަރާތައް ވަރަށް ފުރިހަމައަށް އަދި ހަލުވިކަމާއެކު ކުރިއަށް ގެންދަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އިޒްރޭލުން ލުބްނާނަށް ދެމުންދާ ހަމަލާތަކާ ބެހޭގޮތުން ސުވާލުކުރުމުން ވެންސް ވިދާޅުވީ، ހާލަތު ގޯސްވަމުން ދިޔަ ނަމަވެސް، މިހާރު ހަމަލާތައް މަދުވަމުން އަންނަ ކަމަށެވެ. އަދި އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރުބިއޯ އާއި އެމެރިކާގެ ޓީމުން މި މައްސަލަ ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ވަފުދު ސްވިޓްޒަލޭންޑަށް އައިސްފައިވާކަން ޔަގީން ކުރައްވަމުން ވެންސް ވިދާޅުވީ، އީރާނުން ވެސް އެ ގައުމުގެ ކަންބޮޑުވުންތައް ހުށަހެޅުމަށް ތައްޔާރަށް ތިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އީރާނާއި އެމެރިކާއާ ދެމެދު ސޮއިކޮށްފައިވާ އިސްލާމްއާބާދު ފަހުމުނާމާގެ ދަށުން، މި ބައްދަލުވުންތަކަކީ ހަނގުރާމަ އެއްކޮށް ހުއްޓާލުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅު ކަމަށް ބައިނަލްއަގްވާމީ ފަރާތްތަކުން ދެކެއެވެ. ސްވިޓްޒަލޭންޑްގެ ބޯގެންސްޓޮކް ރިސޯޓުގައި ކުރިއަށްދާ މި ބައްދަލުވުންތަކަކީ މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ މުހިންމު ކަމެކެވެ.

ހިއްސާ ކުރައްވާ!