ސަލީބީ ސަހުޔޫނީ ހަނގުރާމައިން އީރާނަށް ލިބުނު 8 ފާއިދާ

ސަލީބީ ސަހުޔޫނީ ހަނގުރާމައިގެ ނަތީޖާއަށް ބަލާއިރު، ދިރާސާކުރާ ފަރާތްތަކާއި ސަރަހައްދީ އޮބްޒާވަރުން ފާހަގަކުރާ ގޮތުގައި އީރާނަށް ވަނީ ސްޓްރެޓީޖިކް، ޖިއޯޕޮލިޓިކަލް އަދި މުހިންމު ޓެކްޓިކަލް ކާމިޔާބީތަކެއް ލިބިފައެވެ. އީރާނުގެ ސަރުކާރަށާއި އަސްކަރީ ބާރަށާއި އުމްރާނީ އޮނިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، ތެހެރާނުން ވަނީ މި ހަނގުރާމައިގެ ބޭނުންހިފާ، އެގައުމުގެ ޖިއޯޕޮލިޓިކަލް މަގާމު އަލުން ބައްޓަންކޮށްފައެވެ.

އީރާނަށް ލިބުނު މުހިންމު ކާމިޔާބީތަކުގެ ތެރޭގައި ހިމެނެނީ:

  1. އިސްރާއީލަށް ސީދާ ރައްދުދިނުމުގެ ބާރު ގާއިމުކުރުން:
    އީރާނުގެ ބިމުން އިސްރާއީލަށް ސީދާ މިސައިލް އަދި ޑްރޯން ހަމަލާތަކެއް ފޮނުވާލުމުގެ ބާރުން، އިސްރާއީލާއެކު އޮތް ހަމަލާ ބަދަލުކުރުމުގެ އުސޫލުތައް އީރާނުން ދާއިމީކޮށް ބަދަލުކޮށް ބަދަލުކޮށްލިއެވެ. މީގެ ކުރިން އޮތް ހަނގުރާމައިގެ ހާލަތުގައިވާ އުސޫލު ނައްތާލައި، އީރާނުގެ ފަސްގަނޑަށް ދޭ ސީދާ ހަމަލާތަކަށް ރައްދުދޭނީ ހަމައެކަނި ސަރަހައްދީ މަދަދުވެރި ގްރޫޕްތައް މެދުވެރިކޮށް ނޫންކަމާއި، ސީދާ ރައްދު ހަމަލާދީގެންކަން އީރާނުން ކަށަވަރުކޮށްދިނެވެ.
  1. ހުރުމުޒު ކަނޑުއޮޅީގައި އީރާންގެ ސިޔާދަތު އޮތްކަން ސާބިތުކޮށްދިނުން:
    ހުރުމުޒު ކަނޑުއޮޅީގެ އޮޕަރޭޝަނަލް ކޮންޓްރޯލް މީގެ ކުރިން ދުވަހަކުވެސް އީރާނަށް ނުލިބޭ މިންވަރަށް އެ ބާރު ހޯދުމުގައި އީރާނުން ކާމިޔާބީ ހޯދިއެވެ. މި ކަނޑުގެ މުހިންމު ސަރަހައްދުގެ ބޭނުން ހިފާ، ދުނިޔޭގެ ހަކަތައިގެ ދަތުރުތަކަށް ބުރޫއަރުވާ، ސަރަހައްދީ އަވަށްޓެރި ގައުމުތަކާއެކު، އިރާގާއި ޕާކިސްތާނާއެކު ސާފުނުކުރާ ތެޔޮ އުފުލުމުގެ އެއްބަސްވުންތައް ހަދައިގެން އިގްތިސާދީ އާ މަގުތައް އިރާނުން ކޮށިއެވެ.
  1. އަރަބި-އިސްރާއީލް ގުޅުން ގާއިމުކުރުން ހުއްޓުވުން:
    ތެހެރާނުގެ މައިގަނޑު އެއް މަގްސަދަކީ އިބްރާހީމީ މުއާހަދާގެ ދަށުން، ޚާއްސަކޮށް ސައުދީ އަރަބިއްޔާއާއި އިސްރާއީލާ ދެމެދު ގުޅުން ގާއިމުކުރުމަށް ކުރެވެމުންދިޔަ މަސައްކަތްތައް ހުއްޓުވުމެވެ. ދިގުލައިގެންދިޔަ މި ހަނގުރާމައިގެ ސަބަބުން ސަރަހައްދީ އިސްކަންދޭ ކަންކަން ބަދަލުވެ، ރަސްމީކޮށް ގުޅުން ގާއިމުކުރުމުގެ މަސައްކަތްތައް މެދުކަނޑާލަން މަޖުބޫރުވިއެވެ. އަދި ގަލްފްގެ ގައުމުތަކުގެ އަމިއްލަ އުމްރާނީ ވަސީލަތްތަކަށް ހުރި ނުރައްކާތައް ކުޑަކުރުމަށްޓަކައި، ތެހެރާނާއެކު އަލުން ޚާރިޖީ ގޮތުން ގުޅުން ބަދަހިކުރަން މަޖުބޫރުވިއެވެ.
  1. ވެރިކަމުގެ ނިޒާމުގެ ސާބިތުކަން ދައްކުވައިދިނުން:
    އެމެރިކާއާއި އިސްރާއީލުން އީރާނުގެ އަސްކަރީ ސިނާއަތްތަކަށާއި ކޮމާންޑް އޮނިގަނޑުތަކަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިން ނަމަވެސް، އިސްލާމީ ޖުމްހޫރިއްޔާގެ ސިޔާސީ ނިޒާމުގެ މައިގަނޑު ބައިތައް ދެމެހެއްޓި ސަލާމަތް ކުރެވުނެވެ. އެތެރޭގެ ބަދަލުތަކަށްފަހު އާ ސުޕްރީމް ލީޑަރަކު އޮމާންކަމާއެކު އައްޔަންކުރުމުން ދޭހަކޮށްދިނީ، އީރާނުގެ ވެރިކަން އެތެރެއިން ރޫޅިގެންދާނެކަމަށް ހުޅަނގުން ކުރި އުންމީދުތަކާ ޚިލާފަށް، އެ ނިޒާމުގެ ސާބިތުކަމާއި ދެމެހެއްޓެނިވިކަން ހުރި މިންވަރެވެ.
  1. ގަލްފް ސަރަހައްދުގައި އެމެރިކާގެ ދިފާއީ އުނިކަން ހާމަވުން:
    ޖީ.ސީ.ސީ ގެ ގައުމުތައް ޚާއްސަކޮށް ޔޫ.އޭ.އީގެ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށް އީރާނުން މެދުނުކެނޑި ފޮނުވާލި ހަމަލާތަކުގެ ސަބަބުން، އެމެރިކާގެ ދިފާއީ ނިޒާމުތަކާއި ކުރިއަރާފައިވާ ޓެކްނޮލޮޖީއަށް އީރާންގެ ހަމަލާތަކުން ފުރިހަމައަށް ރައްކާތެރިކަން ނުލިބޭނެކަން ގަލްފްގެ އަރަބި ލީޑަރުންނަށް އީރާނުން ސާބިތުކޮށްދިނެވެ. މީގެ ސަބަބުން ގަލްފްގެ ގައުމުތަކުން ސަމާލަތާއި އަމާންކަމަށް ވޮޝިންގްޓަނަށް ބަރޯސާވުން ކުޑަކޮށް، އަމިއްލަ އިސްތިރާޖީ މިނިވަންކަމެއް ހޯދުމަށް މަސައްކަތްކުރަން މަޖުބުރުކޮށްދިނެވެ.
  1. ޚާރިޖީ ގޮތުން އަލުން ލިބުނު ކާމިޔާބީ:
    އިސްލާމްއާބާދު ފަހުމުނާމާގެ ސަބަބުން ތެހެރާނަށް ބާރުވެރިކަން ދައްކަން ފުރުސަތު ލިބުނެވެ. އަދި އީރާނަކީ އެމެރިކާގެ އެދުމަށް ދީލާނުލާ އަދި އެގައުމުގެ ނުފުޒު ނައްތައި ނުލެވޭނެ ސަރަހައްދީ ބާރެއް ކަން ސާބިތުކޯށްދިނެވެ.
  1. އިސްތިރާޖީ ދިފާއީ ނަޒަރިއްޔާ:
    ހަމާސް އަދި ހިޒްބުالله ފަދަ ވަކިވަކި ޕްރޮކްސީ ނެޓްވޯކްތަކަށް އޮޕަރޭޝަނަލް ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، އީރާނުގެ ސަޕޯޓު ލިބޭ "އެކްސިސް އޮފް ރެސިސްޓެންސް"ގެ އަމަލުތަކުން ވަނީ އީރާންގެ ފޯވާރޑް ޑިފެންސް ޑޮކްޓްރީންގެ ސައްހަކަން ސާބިތުކޮށްދީފައެވެ.
  1. ނެގޯޝިއޭޓް ކުރުމުގެ ހުނަރާއި ސާބިތުކަން ދެއްކުން:
    އީރާނުން ވަނީ އެމެރިކާއިން ގެންގުޅޭ ބިރު ދެއްކުމުގެ ސިޔާސަތު ކަމަށްވާ ރައީސް މޮޔައަކަށް ހެދިގެން ބިރު ދައްކާ މެޑްމޭން ތިއަރީއަށް ބަލައިގެން އެމެރިކާއާއެކު ސުލްހައިގެ ވާހަކަތައް ދެއްކި އިރު ގިނަ އަދަދެއްގެ ނަފްސީ އިލްމުވެރިން ބައިވެރިކޮށްގެން ސިމިއުލޭޓެޑް އިރޭޝަނަލް ތިއަރީއަށް މަސައްކަތް ކޮށްފައެވެ.
    ސިމިއުލޭޓެޑް އިރޭޝަނަލިޓީ (ނުވަތަ "ސްޓްރެޓީޖިކް އިރޭޝަނަލިޓީ") އަކީ ވާދަވެރިޔާގެ ނިންމުންތައް ބަދަލުކުރުމަށްޓަކައި، ގަސްދުގައި ތާކުންތާކު ނުޖެހޭ ގޮތަކަށް އުޅުމާއި، ކުރިން އަންދާޒާ ނުކުރެވޭ ގޮތަށް އަމަލުކުރުން ނުވަތަ ނަފްސާނީ ގޮތުން ހަމަނުޖެހޭ ކަމަށް ދައްކައިގެން އުޅޭ އުޅުމެކެވެ. މިގޮތަށް ދެކޮޅު ނުޖެހޭ ގޮތަށް އުޅުމުން، އަނެއްކޮޅަށް އެމީހުން އުޅޭ ގޮތް ބަދަލު ކުރަން މަޖުބޫރު ވެއެވެ. ނަތީޖާއަކީ އީރާނަށް މޮޅު ލިބިފައި އެމެރިކާއަށް ދެން ހަދާނެ ގޮތެއް އޮޅުމެވެ.

މިއީ ސަލީބީ ސަހުޔޫނީ ހަނގުރާމައިގެ ނަތީޖާ ތަހުލީލު ކޮށްލާއިރު އީރާނަށް ލިބުނު 8 ކާމިޔާބީގެ ލިސްޓެވެ!

ހިއްސާ ކުރައްވާ!