އިރާނުގެ ފޮރިން މިނިސްޓަރު ސައްޔިދު އައްބާސް އަރާގްޗީ، ސްވިޓްޒަލެންޑަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ފޮރިން މިނިސްޓަރު އިގްނާސިއޯ ކަސިސްއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު ބާގަންސްޓޮކް ސަރަހައްދުގައެވެ. މި ބައްދަލުވުމަކީ އިރާނުގެ ވަފުދުން ސްވިޓްޒަލެންޑްގައި ކުރިއަށްގެންދާ މަޝްވަރާތަކުގެ ތެރެއިން ފުރަތަމަ ރަސްމީ ހަރަކާތެވެ.
މި ބައްދަލުވުމަށްފަހު، މެދުވެރިންގެ ދައުރު އަދާކުރާ ގައުމުތަކުގެ މަންދޫބުންނާއެކު އިރާނުގެ ވަފުދުން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަރާގްޗީއާއި ސްވިޓްޒަލެންޑްގެ ފޮރިން މިނިސްޓަރުގެ މި ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ ތަފުސީލުތައް އަދި ހާމަކޮށްފައެއް ނުވެއެވެ.






