މިނާބު 168 ބޯޓާއި ގާލިބާފްގެ ޓުއީޓް

ސޮލީބީ ހަނގުރާމައިގެ ފުރަތަމަ ދުވަހު، މިނާބުގައި ހުންނަ "ޝަޖަރަތުއް ތައްޔިބާ" އެލިމެންޓްރީ ސްކޫލަށް އެމެރިކާއިން ގަސްތުގައި ދިން މިސައިލް ހަމަލާގައި 168 މީހުން މަރުވެފައިވެއެވެ.

  • "މިނާބު 168″: އީރާނުގެ ވަފުދުން ސުލްހައިގެ މަޝްވަރާތަކަށް ދަތުރުކުރާ މަތިންދާބޯޓަށް "މިނާބު 168″ ގެ ނަން ދީފައި ވަނީ އެ ހާދިސާގައި މަރުވި ކުދިންގެ ހަނދާން އާކުރުމަށާއި، މަޝްވަރާތަކަށް އެ ހިތާމަވެރި ހާދިސާގެ ބަރުދަން ގެނައުމަށެވެ.

ގާލިބާފްގެ ޓުއީޓް:

"މިނާބުގެ އަނިޔާލިބުނު ކުޑަކުދިންނާއި، ލޮބުވެތި އީރާނުގެ ހުރިހާ ޝަހީދުން، އަހަރެންގެ ކޮންމެ އަމަލަކާއި އަހުލާގު ކޮންމެ ހިނދުކޮޅަކު ބަލަވަމުން ގެންދަވާކަމަށް އަހަރެން ގަބޫލުކުރަމެވެ. އެބޭފުޅުން އަހަރެމެންނަށް ބައްލަވަމުން އެބަ ގެންދަވައެވެ؛ އަދި އަހަރެމެންގެ ފަރާތުން ކަންތައްތަކަކަށް އިންތިޒާރު ކުރައްވައެވެ.
އެ އަނިޔާލިބުނު ޝަހީދުންނާއި އީރާނުގެ ރައްޔިތުންގެ ކުރިމަތީގައި ލަދުވެތިވާން ނުޖެހޭނެ ނަމައެވެ. އަދި އުފަލާއެކު އަހަރެންގެ އެކުވެރިންނާ ގުޅެން ފުރުސަތު ލިބޭނެ ނަމައެވެ؛ އެ އެކުވެރިންނާ ބައްދަލުކުރަން އަހަރެން މިހުރީ ކެތްމަދުވެފައެވެ." #Minab168

މުހައްމަދު ބާގިރު ޤާލިބާފް ކުރެއްވި މި ޓްވީޓްގައިވާ "#Minab168″ އަކީ 2026 ވަނަ އަހަރުގެ ފެބްރުއަރީ 28 ވަނަ ދުވަހު އީރާނުގެ މިނާބު (Minab) ސިޓީގައި ހުންނަ ސްކޫލަކަށް އެމެރިކާގެ މިސައިލް ހަމަލާއެއް އަމާޒުވެ، 168 މީހުންނާއި ސްކޫލް ކުދިން ޝަހީދުވި ހާދިސާއަށް އިޝާރާތްކޮށް ބޭނުންކޮށްފައިވާ ހޭޝްޓެގެކެވެ.

ހިއްސާ ކުރައްވާ!