ޔަހޫދީންގެ ބޮޑު ކޯޓުން ބެންގްވީރު ޖުރިމާނާކޮށްފި

ޔަހުދީ ރެޖީމްގެ އެންމެ މަތީ ކޯޓުން އިޒްރޭލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެން ގްވީރް 35,000 ޝެކެލްއިން ޖޫރިމަނާކޮށް، އޭނާ އާންމުކުރި ވީޑިއޯއެއް ފޮހެލުމަށް އަމުރުކޮށްފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ ހިލޭސާބަހަށ ްމަސައްކަތް ކުރާ އިންސާފު ހޯދައި ދޭން އުޅޭ ޖަމިއްޔާއިން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ ޖަމިއްޔާއިން ތުހުމަތުކުރި ގޮތުގައި ބެން ގްވީރް ވަނީ އޭނާގެ އަމިއްލަ ސިޔާސީ ކެމްޕޭނަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައެވެ. މިއީ އިޒްރޭލުގެ އިންތިޚާބާ ބެހޭ ގާނޫނާ ޚިލާފު އަމަލެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

މި މައްސަލައިގެ މައިގަނޑު ސަބަބަކީ 2026 ވަނަ އަހަރުގެ މެއި 20 ވަނަ ދުވަހު ބެން ގްވީރް އާންމުކުރި ވީޑިއޯއެކެވެ. އެ ވީޑިއޯއިން ފެންނަނީ ސުމޫދު ފްލޮޓިލާގެ ހަރަކާތުގައި ބައިވެރިވި އެކްޓިވިސްޓުން، އަޝްދޫދު ބަނދަރުގައި ބިޑިއަޅުވައި ކުޑަކަކޫ ޖައްސުވައިގެން ބައިތިއްބާފައި ތިއްބައި، ބެން ގްވީރް އެމީހުންނަށް އަވަގުރާނަ ގޮވައި އިންޒާރުދީ އިޒްރޭލުގެ ދިދަ ވިހުރުވައި، ހޮއްލާ މަންޒަރެވެ.

މި ވީޑިއޯއާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި ވަރަށް ބޮޑު ނުރުހުމެއް އުފެދިފައިވެއެވެ. އެގޮތުން ސްޕެއިން، ކެނެޑާ، ނެދަލޭންޑްސް، ފްރާންސް، އިޓަލީ، އަދި ބެލްޖިއަމް ފަދަ ގައުމުތަކުން ވަނީ އެ ގައުމުތަކުގައި ތިބި އިޒްރޭލުގެ ސަފީރުން ހާޒިރުކޮށް ރަސްމީކޮށް ނުރުހުން ފާޅުކޮށްފައެވެ. އެމްނެސްޓީ އިންޓަނޭޝަނަލް އިން މި އަމަލު ސިފަކޮށްފައިވަނީ އިންސާނިއްޔަތާ ޚިލާފު އަދި ލަދުވެތި އަމަލެއްގެ ގޮތުގައެވެ.

މީގެ އިތުރުން ފްރާންސާއި އިޓަލީން ވަނީ ވަޒީރު ބެން ގްވީރްގެ މައްޗަށް ރަސްމީ ތަހުގީގުތަކެއް ފަށައިފައެވެ. ޚާއްސަކޮށް ފްރާންސުން ވަނީ އޭނާގެ މައްޗަށް ތަހުގީގުކުރުމާއި ހަނގުރާމައިގެ ޖަރީމާ ހިންގި ކަމުގެ ތުހުމަތުކޮށްފައެވެ.

ހިއްސާ ކުރައްވާ!