އެމެރިކާގެ އަސްކަރީ ޕައިލެޓަކަށް ފެނުނު "ޖެލިފިޝް" ޑްރޯން ޓީމާ މެދު ބިރުވެރި ސުއާލެއް ކޮށްފި

އީރާނުގެ ވައިގެ ސަރަހައްދުގައި އެމެރިކާގެ އެފް-15 މަތިންދާ ބޯޓެއް ވައްޓާލި ހާދިސާގައި، އެ ބޯޓުގެ ޕައިލެޓަށް ފެނުނު ހާދިސާ އެމެރިކާގެ ޖާސޫސީ އިދާރާތަކުގެ ތެރޭގައި ބޮޑު ބަހުސަކަށް ވެއްޖެއެވެ. ޕައިލެޓް ބުނާ ގޮތުގައި އޭނާގެ ބޯޓު ވައްޓާލުމުގެ ކުރިން، އީރާނުގެ ގިނަ ޑްރޯންތަކެއް ގުޅިގެން އެއް ޔުނިޓެއްގެ ގޮތުގައި "ޖެލިފިޝް" އެއްގެ ބައްޓަމަށް އުދުހެމުން ދިޔައެވެ.

މި ވާހަކަ ޕައިލެޓް ހިއްސާކުރީ ހާދިސާއަށްފަހު ޖާސޫސީ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ. ޕައިލެޓް ސިފަކުރި ގޮތުގައި، އެއީ "އުޑުމަތީގައި އޮތް ޑްރޯންތަކުގެ ރާޅެއް" ފަދަ އެއްޗެކެވެ. ބޮޑެތި ޑްރޯންތަކެއްގެ ދަށުގައި ކުދި ޑްރޯންތަކެއް "ފައިތަކެއް" ފަދައިން ހަރުކޮށްފައި އޮތް ކަމަށް އޭނާ ބުންޏެވެ. މި ޓެކްނޮލޮޖީއަކީ އެކަތި އަނެކައްޗާ ގުޅުވައި ލާމަހާފައިވާ ވިއުގައެއްގެ "ވަން ޓު މެނީ މެޝްޑް ނެޓްވޯކިންގ" އެއް ކަމަށް ބެލެވެއެވެ. މިއީ އެއް އޮޕަރޭޓަރަކަށް އެއްފަހަރާ ގިނަ ޑްރޯންތަކެއް ކޮންޓްރޯލްކުރެވޭނެ ފަދަ ޓެކްނޮލޮޖީއެއް ކަމަށް އެމެރިކާގެ ފަރާތްތައް ބުނެއެވެ.

އެމެރިކާގެ ޖާސޫސީ އޮފިޝަލުން މި ރިޕޯޓާ މެދު ނުތަނަވަސްކަން ފާޅުކުރެވެ. އެމެރިކާއަށް މީގެ ކުރިން އީރާންގެ މިފަދަ ޓެކްނޮލޮޖީއެއްގެ މައުލޫމާތު އަންދާސާ ކުރެވިފައެއް ނުވެއެވެ. އެމެރިކައިން ދެކެނީ އީރާނުން މިފަދަ ކުރިއަރާފައިވާ ޑްރޯން ސިސްޓަމްތައް ތަރައްޤީކުރީ ކަމެކެވެ.

ޑްރޯން ހަނގުރާމައިގެ ތަޖުރިބާކާރު އީމާ ބޭޓްސް ބުނާ ގޮތުގައި، މިފަދަ ޓެކްނޮލޮޖީއަކީ ވަރަށް ނުރައްކާތެރި އެއްޗެކެވެ. ޑްރޯންތަކެއް ގުޅިގެން އެއް ޝޭޕަކަށް އުދުހެމުން އައިސް، އެއް ޑްރޯން އަމާޒަށް ނުޖެހިއްޖެނަމަ އަނެއް ޑްރޯން އިން ހަމަލާ ދިނުމުގެ ގާބިލުކަން ހުރުމަކީ މިހާރުގެ ޑިފެންސް ސިސްޓަމްތަކަށް ލިބޭނެ ބޮޑު ގޮންޖެހުމެކެވެ.

އޭޕްރީލް މަހު ހިނގި މި ހާދިސާގައި އެފް-15 ވައްޓާލުމުގެ އިތުރުން، އެ ހާދިސާގައި ބައިވެރިވި އޭ-10 މަތިންދާ ބޯޓެއް ވެސް އީރާނުން ވަނީ ވައްޓާލާފައެވެ. ނަމަވެސް އެ ބޯޓުގެ ޕައިލެޓް ވަނީ ސަލާމަތުން އެނބުރި ގޮސްފައެވެ.

ހިއްސާ ކުރައްވާ!