ސަރަޙައްދީ ސަލާމަތް ޔަޤީންކުރަން ޖެހޭނީ ސަރަޙައްދުގެ ޤައުމުތަކުންކަމަށް ޤާލީބާފް ވިދާޅުވެއްޖެ

އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ވިދާޅުވީ ސަރަޙައްދީ ސަލާމަތްކަން ޔަޤީންކުރަން ޖެހޭނީ ސީދާ އެ ސަރަޙައްދެއްގައި ހިމެނޭ ޤައުމުތަކުން ކަމަށެވެ. އަޒަރުބައިޖާންގެ ބާކޫގައި ކުރިއަށްދިޔަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން ގެ ޕާލަމެންޓަރީ ޔޫނިއަންގެ 20 ވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޤާލީބާފް ވިދާޅުވީ ސަރަޙައްދުގެ ޤައުމުތަކުން އަމިއްލައަށް ސަލާމަތްކަން ޔަޤީންކޮށް، ބޭރުގެ ފަރާތްތަކުން މި ސަރަޙައްދުގެ ކަންކަމުގެ ތެރެއަށް ވަންނަ ވަނުން ހަރުކަށި އިބާރާތުން ބަލައިނުގަންނަ ކަމަށެވެ.

އިސްލާމްއާބާދު ފަހުމުނާމާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޤާލީބާފް ވިދާޅުވީ އެ ފަހުމުނާމާއަކީ އެއްވެސް ފަރާތެއްގެ ފިއްތުންތަކާއި މަޖުބޫރު ކުރުމުގެ ނަތީޖާއެއް ނޫން ކަމަށާއި، އެއީ އީރާނުގެ ރައްޔިތުންގެ ދިފާއީ ބާރާއި ކެތްތެރިކަމާއި އަދި ހިތްވަރުގެ ރަމްޒެއް ކަމަށެވެ. އަދި އިސްލާމްއާބާދު ފަހުމުނާމާއަކީ އެމެރިކާގެ ނާކާމިޔާބީގެ އިއުލާނަކަށް ވެފައިވާ ކަމަށާއި، ސަރަޙައްދުގެ ޤައުމުތަކާއެކު، އެއް ޤައުމު އަނެއް ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ފުރިހަމައަށް އިޙްތިރާމް ކުރުމުގެ މަތީން އެއްބާރުލުން ދޭން އީރާން އަބަދުވެސް ތައްޔާރަށް އޮތް ކަމަށް ޤާލީބާފް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!