us
us

އެމެރިކާގެ ޖާސޫސީ އިދާރާތަކަށް އިސްރާއީލު މީހުން ލައި އެތަންތަން ބަދަލުކޮށްލަނީ

އެމެރިކާގެ އިންޓެލިޖެންސް އޮފީހުން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ފަހަތުގައި އިޒްރޭލުގެ ނުފޫޒު އޮތް ކަމަށް ކުރީގެ ޕެންޓަގަން އެނަލިސްޓް އަދި ރިޓަޔާޑް ޔޫއެސް އެއާ ފޯސް ކާނަލް ކެރެން ކްވިއަޓްކޮސްކީ ތުހުމަތުކުރައްވައިފިއެވެ.

އޭނާ ފާހަގަކުރައްވާ ގޮތުގައި، ޓުލްސީ ގައްބާޑް އެ މަޤާމުން އިސްތިއުފާ ދެއްވުމަށްފަހު އޮފީހުގައި މިހާރު ކުރިއަށްދާ ވަޒީފާތަކުން މީޙުން ވަކި ކުރުމުގެ މަސައްކަތަކީ، އެމެރިކަން އިޒްރޭލް ޕަބްލިކް އެފެއާޒް ކޮމިޓީ އައިޕެކް ކަމަށްވާ ޔަހޫދީންގެ އެޖެންޑާ ކުރިއަށް ނެރޭ ޔަހޫދީ ލޮބީ ގެ އޯޑަރަށް ކުރާ ކަމެކެވެ. މި ބަދަލުތަކުގެ މައިގަނޑު ބޭނުމަކީ މިހާރު ތިބި އިންޓެލިޖެންސް މުވައްޒަފުން ވަކިކޮށް، އިޒްރޭލަށް ތާއީދުކުރާ ފަރާތްތައް މުހިންމު މަޤާމުތަކަށް ލުން ކަމަށް ކްވިއަޓްކޮސްކީ ވިދާޅުވިއެވެ.

ޚާއްސަކޮށް މެދުއިރުމައްޗާއި ޔޫކްރެއިން-ރަޝިއާ ހަނގުރާމައާ ގުޅޭގޮތުން ކުރީގެ ރައީސް ޓްރަމްޕަށް އެކަށީގެންވާ ޚިދުމަތެއް ނުދޭ ކަމަށް ބެލެވޭ އިންޓެލިޖެންސްގެ ބައިތަކަށް މި ފިޔަވަޅު އަޅާ ކަމަށް އޭނާ ލަފާކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ޑިޕާޓްމަންޓްތައް އިތުރަށް އިޒްރޭލަށް ތާއީދުކުރާ ތަންތަނަށް ބަދަލުވެގެންދާނެ ކަމަށާއި، އޭގެ ތެރެއަށް އިޒްރޭލުގެ ކުރީގެ އަސްކަރީ އޮފިސަރުންނާއި އެމީހުންގެ ބައިވެރިން އައްޔަން ކުރާނެ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

އެމެރިކާގެ ސިޔާސީ މަސްރަޙުގައި އަދި ޚާރިޖީ ކަންކަމާއި ޖާސޫސީ ކަންކަމުގައި އިސްރާއީލު މޫލާފައިވާ މިންވަރު މއިން ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!