ނަތަންޔާހޫއާ ދިމާއަށް ޓްރަމްޕް ހަޑިހުތުރު ބަހުން އެއްޗެހި ގޮވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފޯނުން ގުޅުއްވައި، އިންތިހާއަށް ހަޑިހުތުރު ބަހުން އެއްޗެހި ގޮވައި މަލާމާތްކުރެއްވި ކަމުގެ ޚަބަރުތަކެއް ފެންމަތިވެއްޖެއެވެ. ސީއެންއެންއިން ރިޕޯޓުކުރާ ގޮތުގައި، މިދިޔަ ސެޕްޓެމްބަރު މަހު ކުރެއްވި މި ފޯނު ކޯލަކީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާއިން ކުރަމުންދިޔަ މަސައްކަތްތަކަށް ނަތަންޔާހޫ އެއްބާރުލުން ނުދެއްވުމުން ޓްރަމްޕް ނުރުހުން ފާޅުކުރެއްވުމަށް ކުރެއްވި ކޯލެކެވެ.

ކޯލުގައި ޓްރަމްޕް ވިދާޅުވި ބަސްތައް:

ސީއެންއެންގެ ނޫސްވެރިން ބުނާ ގޮތުގައި، ޓްރަމްޕް ވަނީ ނަތަންޔާހޫއާ ދިމާއަށް ވަރަށް ހަޑިކޮށް ވާހަކަ ދައްކަވާފައެވެ.

  • "ކަލޭގެ އަމަލުތަކާ ހެދި އަހަރެން މާޔޫސްވެއްޖެ."
  • "ކަލޭ ހިމާޔަތްކުރަން އަހަރެން ހުރިހާ ކަމެއް ކޮށްދީފިން. މިހާރު މިކަމަށް އެއްބާރުލުން ދިނުން ކަލެއަށް ރަނގަޅުވާނެ."
  • "ބީބީ ޔަހޫދީން ކަލެއާ ހެދި މާޔޫސްވެއްޖެ."
  • "ހުރިހާ ޔަހޫދީން ކަލެއާ ހެދި މާޔޫސްވެ ލަދުގަނެފި."

މި ކޯލު ކުރެއްވި ވަގުތު، ޓްރަމްޕްގެ އަރިހުގައި ތިއްބެވި ޖެރެޑް ކުޝްނަރ އާއި ސްޓީވް ވިޓްކޮފްއާ ދިމާއަށް ވެސް އިޝާރާތް ކުރައްވައި، ޓްރަމްޕް ވަނީ ނަތަންޔާހޫއަކީ އެންމެންގެ ލޯބި ގެއްލިފައިވާ ފޫނި އިންސާނެއް ކަމަށް ސިފަކުރައްވާފައެވެ.

މި ކޯލަކީ ޣައްޒާގައި ހަމަލާތައް ބަދަލުކުރުން ހުއްޓާލުމާއި ރަހީނުން ދޫކުރުމާ ގުޅޭގޮތުން އެމެރިކާއިން މަޝްވަރާތައް ކުރަމުން ދަނިކޮށް، އިޒްރޭލުން ޤަތަރަށް ދިން ވައިގެ ހަމަލާތަކާ ގުޅިގެން ޓްރަމްޕްގެ ސަރުކާރަށް ލިބުނު މާޔޫސްކަމުގެ ތެރެއިން ކުރެއްވި ކޯލެކެވެ. ޓްރަމްޕްގެ އިދާރާގެ އޮފިޝަލުން ދެކޭ ގޮތުގައި އެ ހަމަލާއަކީ ދެ ފަރާތުގެ ގުޅުމުގައި ހިނގި ބޮޑު ބަދަލެކެވެ.

ނޫސްވެރިން ފާހަގަކުރާ ގޮތުގައި، ޓްރަމްޕާއި ނަތަންޔާހޫއާ ދެމެދު މީގެ ކުރިން ވެސް ނުތަނަވަސްކަން ހުރި ނަމަވެސް، މި ފޯނު ކޯލަކީ އެ ދެ ބޭފުޅުންގެ މިހާރުގެ ގުޅުން އޮތް ގޮތް ވަރަށް ސާފުކޮށް ފެނިގެންދާ ކަމެކެވެ. ޓްރަމްޕްގެ ވެރިކަމުގެ ދެ ދައުރުގައި ޒަޔަނިސްޓަކަށް ވެގެން އިޒްރޭލަށް ތާއީދުކޮށް ނިންމި ނިންމުންތަކަށް ނަތަންޔާހޫގެ ފަރާތުން އެކަށީގެންވާ ގޮތެއްގައި ޓްރަމްޕަށް އެއްބާރުލުން ނުލިބުމަކީ ޓްރަމްޕްގެ ވަރަށް ބޮޑު ނާކާމިޔާބީއެއްކަން މި ކޯލުން ހާމަވެގެން ގޮސްފައިވެއެވެ.

ހިއްސާ ކުރައްވާ!