އިޒްރޭލު ނިއުކްލިއަރ ހަތިޔާރަށް އޯކޭ: އީރާނަށް އެފަދަ ފުރުސަތެއް ނެތް

މަނާމާގައި ބޭއްވި ގަލްފް ގައުމުތަކުގެ ކައުންސިލް އާއި އެމެރިކާގެ ޚާރިޖީ ވަޒީރުގެ ބައްދަލުވުމުގައި، އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުއްޓުވުމުގެ މުހިންމުކަން އަރަބިން ވަނީ ތަކުރާރުކޮށްފައެވެ. މި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ، އީރާނުން ބެލިސްޓިކް މިސައިލްތަކާއި ޑްރޯންތައް ބޭނުންކޮށްގެން ސަރަހައްދީ ހަމަނުޖެހުން އުފައްދާ މައްސަލައަށް ވަރަށް ބޮޑަށް ފާޑުކިޔައި، އެކަން ހުއްޓުވަން ޖެހޭނެ ކަމަށް ބުނެފައެވެ.

ހުރުމުޒު ކަނޑުއޮޅިން މިނިވަންކަމާއެކު ދަތުރުފަތުރު ކުރުމުގެ ހައްޤު އޮންނަން ޖެހޭނެ ކަމަށާއި، އެ ކަނޑުއޮޅި ކޮންޓްރޯލް ކުރުމަށް ނުވަތަ އެތަނުން ދަތުރުކުރާ އުޅަނދުތަކުން ފީ ނެގުމަށް ކުރާ އެއްވެސް މަސައްކަތެއް ބަލައިނުގަންނާނެ ކަމަށް ވަޒީރުން ވަނީ ހާމަކޮށްފައެވެ. އަދި އީރާނާ އެކު ކުރެވޭ ވިޔަފާރިއާއި އިންވެސްޓްމަންޓްތަކަކީ އީރާނުން އެއްބަސްވުންތަކަށް ތަބާވުމާ ގުޅިފައިވާ ކަމެއް ކަމަށް ވެސް އެ ބައްދަލުވުމުގައި ވަނީ ފާހަގަކޮށްފައެވެ.

ސީރިއާގެ ސިޔާދަތާއި އެއްބައިވަންތަކަމަށް ތާއީދުކުރާ ކަމަށް ބުނެ، އެ ޤައުމުގެ ހާލަތު ރަނގަޅުކުރުމަށް ސީރިއާ ސަރުކާރާ އެކު މަސައްކަތް ކުރާނެ ކަމަށް ވަޒީރުން ވަނީ ބުނެފައެވެ. ލުބްނާނާ ގުޅޭގޮތުން ވާހަކަ ދައްކަމުން، އެ ޤައުމުގައި ހަތިޔާރު އެޅި ހުރިހާ ގްރޫޕްތަކެއް ނައްތާލައި، ދައުލަތުގެ ބާރު ގާއިމުކުރުމަށް ގޮވާލާފައިވެއެވެ. އަދި އިރާގުގައި އީރާނަށް ތާއީދުކުރާ ހަނގުރާމަވެރި ގްރޫޕްތަކުން ދޭ ހަމަލާތައް ކުށްވެރިކޮށް، އެ ގްރޫޕްތަކުން ހަތިޔާރު ދޫކޮށްލުމަށް ބާރުއަޅާފައިވެއެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ޣައްޒާއަށް ވެރިވެގަތުމުގެ ޕްލޭނަށް ގަލްފްގެ ވަޒީރުން ތާއީދުކުރެއްވިއެވެ. އަދި ޣައްޒާ އަލުން އާރާސްތުކުރުމަށާއި ފަލސްޠީނުގެ މިނިވަންކަމަށ ްކުރާ މަސައްކަތުގައި އުޅޭ ހަތިޔާރު އެޅި ގްރޫޕްތައް ނައްތާލުމަށާއި ހަތިޔާރު ގެންގުޅުމުގެ ޒިންމާ ފަލަސްތީނުގެ މިނިވަން ކޮމިޓީއަކާ ހަވާލުކުރުމަށް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން، ހުޅަނގު އައްސޭރި އިޒްރޭލުން ހިފުމަށްއެމެރިކާއިން ދެކޮޅު ހަދާކަމަށް ރައީސް ޓްރަމްޕް ވިދާޅުވި ވިދާޅުވުމަށް ވަޒީރުން ވަނީ މަރުހަބާ ކިޔާފައެވެ.

މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯއާއި އިޒްރޭަށް ސަޕޯޓު ކުރާ ބަހްރައިންގެ ޚާރިޖީ ވަޒީރު އަބްދުއްލަތީފް އައްޒައްޔާނީއެވެ.

ހިއްސާ ކުރައްވާ!