މިސްކިތް ވައްޓާލަން ދިޔަ ޔަހޫދީ މީހާ ބޮލަށް މުންނާރު ވެއްޓި މަރުވެއްޖެ

އިޒްރޭލު ސިފައިން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލައި ހަސްލު ސާފުކޮށްލުމުގެ އޮޕަރޭޝަންތަކުގެ ތެރެއިން، މިސްކިތެއް ވައްޓާލަން މަސައްކަތްކުރި ބުލްޑޯޒަރު ދުއްވާ ޔަހޫދީއެއްގެ ބޮލަށް މިސްކިތުގެ މުންނާރު ވެއްޓުމުގެ ސަބަބުން މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ޣައްޒާގެ އެކި ސަރަހައްދުތަކުގައި ޔަހުދީ ރެޖީމުން ރާވައިގެން ހިންގަމުންދާ ނިޒާމީ ސިފައެއްގައި ތަންތަން ހަލާކުކުރުމުގެ އޮޕަރޭޝަންތަކުގެ ތެރެއިންނެވެ. މި މަސައްކަތްތަކުގެ ބައެއް ހިންގަނީ ޔަހުދީންގެ ޑިފެންސް މިނިސްޓްރީއާ އެކު ކޮންޓްރެކްޓް ހަދާފައިވާ އަމިއްލަ ކުންފުނިތަކުންނެވެ.

އިޒްރޭލުގެ ނޫހެއް ކަމަށްވާ "ޔެދިއޯތު އަހްރޮނޮތު" އިން ހާމަކުރާ ގޮތުގައި، މިހާރު ޣައްޒާގައި އޮތީ އަމިއްލަ ފަރާތްތަކަށް ތަންތަން ހަލާކު ކުރުމުގެ މަސައްކަތް ދީފައިވާ ވިޔަފާރިއެކެވެ. މިއީ އިޒްރޭލު ސިފައިންގެ އިންޖިނިއަރިން ޔުނިޓްތަކުން ކުރަންޖެހޭ މަސައްކަތްތައް އަމިއްލަ ކޮންޓްރެކްޓަރުންނާ ހަވާލުކުރުމެވެ. މިކަމުގެ ސަބަބުން ޔަހޫދީންގެ ޖެނޮސައިޑް އަސްކަރީ ޔުނިޓްތަކަށް ހަނގުރާމައިގެ ކުރީ ސަފުގައި އެމީހުންގެ ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.

މި އޮޕަރޭޝަންތައް ހިންގާ އަމިއްލަ ޓީމުތަކުގައި އިޒްރޭލު ޖެނޮސައިޑް ސިފައިންގެ ފަރާތުން އިމާރާތްތައް ވައްޓާލާ އިސް އާރުކާޓީއެއްގެ މަގާމުގައި ވެރިއަކު ހުރެއެވެ. މި ފަރާތްތަކަށް މި މަސައްކަތް ކުރަނީ ވަރަށް ބޮޑު މުސާރައެއް ދީގެންނެވެ. އެގޮތުން: ކޮންމެ މެޝިނަކަށް ދުވާލަކު 5،000 އާއި 5،500 ޝެކެލް ދެއެވެ. ތިން ބުރީގެ އިމާރާތަކަށް 2،500 ޝެކެލް، އަދި އެއަށްވުރެ އުސް އިމާރާތަކަށް 5،000 ޝެކެލް ދެއެވެ. މި ގޮތަށް ހިތްވަރު ދިނުމުގެ ސަބަބުން، މަހަކު 30،000 ޝެކެލް އާ ހަމައަށް މި މަސައްކަތްކުރާ މީހުންނަށް އާމްދަނީ ލިބެއެވެ.

އެމީހުން ބޭނުންކުރާ ބުލްޑޯޒަރުތަކަކީ ހަމަލާތަކުން ސަލާމަތްވުމަށް ހަދާފައިވާ އުޅަނދުތަކަކަށް ނުވާތީ، މަރުގެ ނުރައްކާ އިންތިހާއަށް ބޮޑެވެ. މިސްކިތުގެ މުންނާރު ވެއްޓި ބުލްޑޯޒަރު ދުއްވި ޔަހޫދީ ކަލޭގެ މަރުވީ މި އިލާހީ އިންސާފުގެ ތެރޭގައެވެ. މިކަމާ ގުޅިގެން އިޒްރޭލު ސަރުކާރުން ހަމަޖައްސާފައިވަނީ، މިފަދަ ހާލަތެއްގައި މަރުވާ ކޮންޓްރެކްޓަރުންނަކީ ސިފައިންގެ ތެރޭގައި މަރުވާ މީހުން ކަމަށް ބަލައި އެމީހުންގެ އާއިލާތަކަށް ބަދަލު ދިނުމަށެވެ.

މި މަސައްކަތްކުރާ މީހުންގެ ތެރޭގައި ހުޅަނގު އައްސޭރީގެ ޔަހޫދީ އާބާދީތަކުގައި ލަޓޯފަޓޯކޮށް އުޅޭ ޔަހޫދީ ޒުވާނުން ވެސް ހިމެނެއެވެ. އެމީހުން މި މަސައްކަތް ދެކެނީ ހަމައެކަނި ފައިސާ ހޯދާ މަސައްކަތެއްގެ ގޮތުގައެއް ނޫނެވެ؛ މިއީ ޣައްޒާގެ ބިންތަކުގައި ޔަހޫދީންގެ އާބާދީތައް ގާއިމުކުރުމަށްޓަކައި ޣައްޒާގެ ބިނާތައް ނައްތާލުމަށް އޮތް ވިޝަނެއްގެ ގޮތުގައި އެމީހުން ދެކެއެވެ.

ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި، ޔަހޫދީން ވަނީ ޣައްޒާގެ އިމާރާތްތަކުގެ 70 ޕަސެންޓް މިހާރު ވަނީ ދިރިނޫޅެވޭ ވަރަށް ހަލާކުކޮށްލާފައެވެ.

ޔަހޫދީ ރެޖީމަކީ ގަސްތުގައި ކުޑަ ކުދިން ޝަހީދުކޮށް ޖެނޮސައިޑެއް ހިންގާފައިވާ ބައެއް ކަމަށް މިދިޔަ ހަފްތާގައި އދން ވަނީ ކަނޑައަޅާފައެވެ.

ހިއްސާ ކުރައްވާ!