އީރާނަށް އިޒްރޭލުން ބޮން އަޅާނެ ކަމަށް ބުނެ ބިރު ދައްކައިފި

އީރާނުން ލުބުނާނުގެ ސުލްހައިގެ އެއްބަސްވުމަށް ހުރަސްއަޅަން މަސައްކަތްކޮށް، އިޒްރޭލަށް ހަމަލާދީފިނަމަ، ވަރަށް ބޮޑު ބާރެއްގެ ބޭނުންކޮށްގެން އީރާނަށް ރައްދު ހަމަލާދޭނެ ކަމުގެ ވަރުގަދަ އިންޒާރެއް އިޒްރޭލުގެ ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް ދީފިއެވެ.

  • އިޒްރޭލުގެ ދިފާއީ ވަޒީރު ވީޑިއޯ މެދުވެރިކޮށް ދިން ބަޔާނެއްގައި ބުނީ، ލުބުނާނާއެކު ވެވުނު އެއްބަސްވުން ތަންފީޒުކުރުން ހުއްޓުވުމަށް އީރާނުން އިޒްރޭލަށް ހަމަލާދޭން ވާގިވެރިވާނަމަ އީރާނާ ދެކޮޅަށް ވަރުގަދަ އަސްކަރީ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ލުބުނާނުގެ މި އެއްބަސްވުމަކީ އީރާނުގެ ބާރުތަކަށް ލިބުނު ސްޓްރެޓީޖިކް ބޮޑު ހަމަލާއެއް ކަމަށް އޭނާ ސިފަކުރިއެވެ.

  • ލުބުނާނުގެ ދެކުނުގައި އޮންނަ، އިޒްރޭލުގެ ބޯޑަރުން ފެށިގެން 10 ކިލޯމީޓަރު އެތެރޭގައިވާ ސެކިއުރިޓީ ޒޯން ގައި އިޒްރޭލު ސިފައިން ދިގު މުއްދަތަކަށް ތިބުމަށް ތައްޔާރުވުމަށް ބޮޑުވަޒީރާއި އޭނާ ވަނީ އިޒްރޭލުގެ ދިފާއީ ބާރަށް އަންގާފައި ވާނެ ކަމަށް ވެސް ބުންޏެވެ.

  • ޔަހޫދީ ދިފާއީ ވަޒީރު އިތުރަށް ބުނީ، ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުالله ޖަމާއަތުން މުޅި ލުބުނާނުގައި ހަތިޔާރު ނުބަހައްޓާހައި ހިނދަކު، އިޒްރޭލު ސިފައިން އެ ސަރަހައްދުން ފަހަތަށް ނުޖެހޭނެ ކަމަށާއި ސިފައިން ބާލާނީ ހިޒްބުاللهގެ ހަތިޔާރު އެއްކޮށް ނައްތާލުމުން ކަމަށެވެ.

ދެ ފަރާތް ދެމެދުގައި ހަމަލާތައް ހުއްޓާލުމުގެ އޮނިގަނޑަކަށް އެއްބަސްވެވިފައި އޮތް ނަމަވެސް، އިޒްރޭލުގެ ހަނގުރާމަމަތީ ބޯޓުތަކުން ވަނީ ލުބުނާނުގެ ދެކުނުގައިވާ ނަބާތިއާ ގެ ރަށަކަށް ވައިގެ މަގުން މި ރޭވެސް ހަމަލާތަކެއް ދީފައެވެ. ލުބުނާނުގެ ރަސްމީ މީޑިއާއިން ވެސް ވަނީ މި ހަމަލާ ދީފައިވާކަން ކަށަވަރުކޮށްދީފައެވެ.

ހިއްސާ ކުރައްވާ!