އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯރ (އައިއާރްޖީސީ) އިން ބުނެފައިވަނީ، ބަހުރޭނާއި ކުވެއިތުގައި ހުރި އެމެރިކާގެ 8 އަސްކަރީ މަރުކަޒަކަށ ްކާމިޔާބު ހަމަލަތައް ދީފައި ވާނެ ކަމަށެވެ. މިކަން ހާމަކޮށްފައިވަނީ އީރާނުގެ ދައުލަތުގެ މީޑިއާ މެދުވެރިކޮށެވެ.
މި ހަމަލާތައް ދީފައިވަނީ ބެލިސްޓިކް މިސައިލްތަކާއި ޑްރޯންތައް ބޭނުންކޮށްގެން ކަމަށާއި، މިއީ ފަހަކަށް އައިސް އީރާނުގެ ސިރިކް އަދި ގެޝްމް ޖަޒީރާގައި ހުރި މަރުކަޒުތަކަށް އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އެ ޖަމާއަތުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.




