އެމެރިކާއިން އީރާނަށް ދިން ސޮލީބީ ހަމަލާތަކަކާއި، އަދި ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ އިސްލާމްއާބާދު ފަހުމުނާމާއާ ޚިލާފްވެ އޭގެ ދަށުން އެމެރިކާއިން ފުރިހަމަކުރަންޖެހޭ ޝަރުތުތައް ފުރިހަމަނުކުރުމުގެ ސަބަބުން، އާދީއްތަ ދުވަހު ބާއްވަން ހަމަޖެހުނު ފަންނީ މަޝްވަރާތަކުގައި އީރާނުން ބައިވެރިނުވާނެ ކަމަށް އެ ގައުމުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
އީރާނުގެ ސުޕްރީމް ލީޑަރުގެ މަސައްކަތްތައް ރައްކާތެރިކޮށް ޝާއިއުކުރާ އޮފީހުގެ މެމްބަރެއް ކަމަށްވާ މަހްދީ ފަޟާއިލީ، ދައުލަތުގެ ޓީވީ މެދުވެރިކޮށް ވިދާޅުވީ، އެމެރިކާގެ ފަރާތުން އީރާނަށް ދިން ހަމަލާތަކާއި އެއްބަސްވުމުގައިވާ ކަންކަން ފުރިހަމަނުކުރުމުގެ ސަބަބުން ތެހްރާނުން މި މަޝްވަރާތަކުގައި ބައިވެރިނުވުމަށް ނިންމީ ކަމަށެވެ.



