ޓްރަމްލް އެންމެ ބޮޑަށް ޖެހިލުން ވަނީ ޒަހްރާން މަމްދާނީ ދެކެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގަބޫލުކުރައްވާ ގޮތުގައި އެމެރިކާއަށް މިހާރު އޮތް އެންމެ ބޮޑު އަދި އެންމެ ނުރައްކާތެރި ބިރުވެރިކަމަކީ "ކޮމިއުނިޒަމް" އެވެ.

ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ނެޓްވޯކް ކަމަށްވާ "ޓްރޫތް ސޯޝަލް" ގައި އޭނާ ލިޔުއްވާފައިވެއެވެ. "ފުރަތަމަ ބޮޑު ހަނގުރާމަ، ދެވަނަ ބޮޑު ހަނގުރާމަ، ޕާލް ހާބަރު، ނުވަތަ ސެޕްޓެމްބަރު 11 ގެ ޙަމަލާތަކަށްފަހުވެސް، ކޮމިއުނިޒަމް އަކީ އަޅުގަނޑުމެންގެ ގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލެވެ!"

މިއީ ޓްރަމްޕް މިފަދަ މިގޮތަކަށް ވާހަކަދެއްކެވި ފުރަތަމަ ފަހަރެއް ނޫނެވެ. ވޮޝިންގޓަން ޑީސީގައި ބޭއްވި ނަސާރާ ދީން ފަތުރާ ވިޔަފާރިވެރި ފާދިރީންގެ އިއްތިހާދުގެ އަހަރީ ސިޔާސީ ކޮންފަރެންސް "ރިލިޖަން އެންޑް ފެއިތް" ގައި ވާހަކަދައްކަވަމުންވެސް، އެމެރިކާއަށް އޮތް އެންމެ ބޮޑު ބިރަކީ ކޮމިއުނިޒަމް ކަމަށް ޓްރަމްޕް ވަނީ ފާހަގަކުރައްވާފައެވެ.

ނިއުޔޯކްގެ ޕްރައިމަރީ އިންތިޚާބުތަކުގައި ވާތުފިޔައިގެ ބައެއް ކެންޑިޑޭޓުން ކުރިއެރުން ހޯދަމުންދާތީ، އެ ފުރުޞަތުގެ ބޭނުން ހިއްޕަވައިގެން ޓްރަމްޕް ވަނީ ޑިމޮކްރެޓިކް ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އެ ޕާޓީގެ ކުރިއަރަމުންދާ ފެކްޝަނަކީ "ހަރުކަށި، ލާދީނީ ކޮމިއުނިސްޓުން" ގެ ގޮތުގައި ސިފަކުރައްވައި، އެއީ އެމެރިކާގެ 250 އަހަރުވީ ތާރީޚުގައިވެސް ކުރިމަތިވި އެންމެ ބޮޑު "ކެންސަރު" ކަމަށް ވިދާޅުވެފައެވެ.

ނިއުޔޯކްގައި ރައްޔިތުންނަށް ހިލޭ ބޯހިޔާވަހިކަމާއި ކާބޯތަކެތި ފޯރުކޮށްދޭނެ ކަމުގެ ވައުދުތައް ވެގެން، ތާރީޚުގައި ފެނުނު "އެންމެ ބޮޑު ކޮމިއުނިސްޓް" ސަރުކާރަށް ވުމަކީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއް ކަމަށް ޓްރަމްޕް ކުރިން ވިދާޅުވެފައިވެއެވެ. ނަމަވެސް، އެފަދަ ސިޔާސަތުތަކުގެ ސަބަބުން އަބަދުވެސް ގައުމުތައް މުޅިން ސުންނާފަތިވެ، ފަގީރުކަމުގެ ތެރެއަށް ވެއްޓިގެންދާ ކަމަށް އޭނާ ވިދާޅުވެއެވެ.

ހިއްސާ ކުރައްވާ!