އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު މާކްވިން މިއުލިން، އީރާނުގެ ފުޓްބޯޅަ ޓީމު ވޯލްޑް ކަޕުން ކެޓުމުން "އުފަލުން ނަށައި، ލަވަކީ" ކަމަށް ވިދާޅުވުމުން ބޮޑު ހޫނު ބަހުސެއް އުފެދިއްޖެއެވެ. މިކަމާ ގުޅިގެން އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އެމެރިކާގެ އޮފިޝަލުންގެ މި އަމަލު ކުށްވެރިކޮށް، މިއީ ބައިނަލްއަގުވާމީ ކުޅިވަރުގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ބުނެފައެވެ.
އެމެރިކާގެ ވަޒީރުންނާއި ކޮންގްރެސްގެ މެމްބަރުންނަކީ ޔަހޫދިންގެ ކަންކަން ކުރިއެރުމަށް އުފައްދާފައިވާ އައިޕެކް އިން މާލީ ތަނަވަސްކަމާއި ދަތުރުކާއި މެހުމާންދާރީ ލިބޭ މީހުންނެވެ. މިމީހާ މިކަން ކޮށްފައި ވަނީ ފައިސާ ދީގެން ކަމެއް ނުވަތަ ޔަހޫދީ ޒަޔަނިސްޓުން ރުއްސަން ކަމެއް އަދިއ ެނގިފައެއް ނުވެއެވެ.
-
މިނިސްޓަރުގެ ވާހަކަތައް: މިއުލިން ވިދާޅުވީ އީރާނުގެ ޓީމު މުބާރާތުން ކެޓުމުން އޭނާ ވަރަށް އުފާވި ކަމަށާއި، އެމީހުންގެ ވިސާ ބާތިލުކޮށް އެމެރިކާއިން ބޭރުކޮށްލެވުމުން އުފާ ފާޅުކުރި ކަމަށެވެ.
-
ސަލާމަތީ ކަންބޮޑުވުންތައް: މިނިސްޓަރު ތުހުމަތުކުރާ ގޮތުގައި އީރާނުގެ ޓީމުގެ ބައެއް މެމްބަރުންނަށް ވިސާ ދޫކޮށްފައި ނުވަނީ، އެމީހުންނަކީ އެމެރިކާއިން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ އީރާނުގެ "ރިވޮލިއުޝަނަރީ ގާޑް" އާ ސީދާ ގުޅުން ހުރި ބަޔަކަށް ވާތީއެވެ. އޭނާ ބުނާ ގޮތުން 120 މީހުންގެ ޓީމަކުން އެމެރިކާއަށް ވަނުމުގެ ހުއްދަ ދިނީ އެންމެ 53 މީހަކަށެވެ.
-
އީރާނުގެ ޝަކުވާ: އީރާނުން ބުނަނީ އެމެރިކާގެ ފަރާތުން އެމީހުންނާ މެދު އަމަލުކުރީ އިންސާނިއްޔަތާ ހިލާފަށް ކަމަށެވެ. ޚާއްސަކޮށް، މެޗުތަކުގެ ކުރިން ވިސާ ނުލިބުމާއި، ޓްރޭނިން ކޭމްޕް މެކްސިކޯއަށް ބަދަލުކުރަން ޖެހުމާއި، އަދި ކުޅުންތެރިންނާ އޮފިޝަލުންނާ އެމެރިކާގެ ބޯޑަރުގައި ސުވާލުކޮށް ފުރައްސާރަކުރުން ފަދަ ކަންކަން އެމީހުން ފާހަގަކުރެއެވެ.
އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނާ ގޮތުގައި، މިއީ ކުޅިވަރުގެ މުބާރާތެއް ބާއްވާ ގައުމަކުން އަމަލުކުރަންވާނެ ގޮތެއް ނޫނެވެ. އަދި އެމެރިކާގެ އޮފިޝަލުން ދައްކަވާ ވާހަކަތަކުން، އެމީހުންގެ ސިޔާސީ ނަފްރަތު ކުޅިވަރަށް ވަދެފައިވާ މިންވަރު ސާފުވާ ކަމަށް އެމީހުން ދެކެއެވެ.
އެމެރިކާގެ ގަޅި ވަޒީރު އީރާނު ޓީމާ ދެކޮޅަށް ފުރައްސާރަ ކުރިނަމަވެސް އީރާނުގެ ޓީމުން ވަނީ އެމެރިކާގެ ނަސްލީ ތަފާތު ކުރުމައި ނޭއްގާނި ކަމާއެކުވެސް މޮޅު ކުޅުމެއް ދައްކާފައެވެ،. އަދި އެމީހުންގެ އަޚުލާގު ރަނގަޅު ކަަމަށް އެމެރިކާ މީހުންވެސް ވަނީ ތައުރީފުކޮށްފައެވެ.






