ޔަހޫދީ ރެޖީމްގެ "އިންސްޓިޓިއުޓް ފޯ ނޭޝަނަލް ސެކިއުރިޓީ ސްޓަޑީޒް" އިން 2026 ވަނަ އަހަރުގެ ޖޫން މަހު ކުރި ދިރާސާއަކުން، އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ނަތީޖާއާމެދު އިޒްރޭލުގެ ރައްޔިތުންގެ އިތުބާރު ކުޑަވެފައިވާކަން ހާމަވެއްޖެއެވެ.
ދިރާސާގެ މައިގަނޑު ހޯދުންތައް:
-
ހަނގުރާމައިގެ ނަތީޖާ: ހަނގުރާމައިން އިޒްރޭލު މޮޅުވި ކަމަށް ގަބޫލުކުރަނީ ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން އެންމެ 15% މީހުންނެވެ. 37% މީހުން ދެކޭ ގޮތުގައި އީރާން ހަނގުރާމައިން މޮޅުވީއެވެ. އަދި 43% މީހުން ދެކޭ ގޮތުގައި ހަނގުރާމަ ނިމުނީ އެއްވެސް ފަރާތަކަށް ނުލިބި، ނުނިމި އޮތް ހާލަތެއްގައެވެ.
-
އެމެރިކާއާ އޮތް ގުޅުން: އެމެރިކާ އާއި އީރާނާ ދެމެދު އެކުލަވާލި ފަހުމުނާމާއަކީ އިޒްރޭލުގެ މަސްލަހަތުތަކަށް ގެއްލުންހުރި ކަމެއް ކަމަށް 66% މީހުން ދެކެއެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ސަލާމަތީ މަސްލަހަތުތަކަށް ވަފާތެރިކަމަށް ގަބޫލުކުރަނީ ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން އެންމެ 12% މީހުންނެވެ.
-
ސަރަހައްދީ ހާލަތު: އިޒްރޭލުގެ އުތުރުގެ ހާލަތާމެދު ރައްޔިތުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އޮތްކަން ފާހަގަކުރެވެއެވެ. އެގޮތުން، 81% މީހުން ބުނަނީ އުތުރުގެ ސަލާމަތީ ހާލަތުގެ ސަބަބުން ރައްޔިތުންނަށް އެއްވެސް ރައްކާތެރިކަމެއް އިހުސާސް ނުވާ ކަމަށެވެ.
-
ލުބުނާނުގެ މައްސަލަ: ހިޒްބުالله ޖަމާއަތުން އެއްބަސްވުމަކަށް އައި ކަމުގައި ވިޔަސް، ދެކުނު ލުބުނާނުން ފުރިހަމައަށް ފޭބުމަށް 57% މީހުން ދެކޮޅު ހަދައެވެ. އަދި އެމެރިކާއާ ޚިލާފު އުފެދުނަސް، ލުބުނާނުގައި އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް 59% މީހުން ތާއީދުކުރެއެވެ. މީގެ އިތުރުން 52% މީހުން އީރާނާ ދެކޮޅަށް އިތުރު އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް ތާއީދުކުރެއެވެ.
މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ ޖޫން 16 އިން 22، 2026 އާ ދެމެދުއެވެ. މި ދިރާސާގައި 957 މީހުން ބައިވެރިވެފައިވެއެވެ.





