ﷲޔަލްޢަނުކުމް!
ﷲޔަލްޢަނުކުމް!

ފޭރިގަނެފައިވާ ފަލަސްޠީނުގެ ބިމެއް އެންމެ ޑޮލަރަކަށް އެމެރިކާ އެމްބަސީ އަޅަން ދީފި

އެމެރިކާގެ އެމްބަސީ ހިފާފައިވާ ފަލަސްޠީނުގެ ވެރިރަށް ޤުދުސްގައި ދާއިމީކޮށް އެޅުމަށްޓަކައި، ފަލަސްތީނު ރައްޔިތުންގެ މިލްކުވެރިކަމުގައި ޖީލުތކަަކަށް އޮތް ބިމެއް އެންމެ އެއް ޑޮލަރަށް ޔަހޫދީ ރެޖީމުން އެމެރިކާއަށް ހިބަކޮށްދީފިއެވެ. ބުދަ ދުވަހު ސޮއިކުރި މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް "ގާތް ގުޅުން" ރަމްޒުކޮށްދޭ ކަމެއް ކަމަށް ޔަހޫދީ ސަރުކާރުން ބުނެއެވެ.

އިސްރާއީލުގެ ފޮރިން މިނިސްޓަރު ގިޑިއޯން ސާރް އާއި އިސްރާއީލުގައި ހުންނަ އެމެރިކާގެ ޒަޔަނިސްޓު ސަފީރު މައިކް ހަކަބީ ސޮއިކުރި މި އެއްބަސްވުމުގެ ދަށުން، ހިފާފައިވާ ފަލަސްޠީނުގެ ޤުދުސްގެ ދެކުނުގައި އޮންނަ "އަލެންބީ" ސަރަހައްދުން ފަލަސްޠީނު އަރަބިންގެ ބިމެއް ވަނީ އެމެރިކާގެ ދާއިމީ އެމްބަސީ އެޅުމަށް ކަނޑައަޅާފައެވެ. އިސްރާއީލުގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މިއީ 2017 ވަނަ އަހަރު ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމި ޒަޔަނިސްޓު ނިންމުމާ އެއްގޮތަށް އެމްބަސީ ދާއިމީ ތަނަކަށް ބަދަލުކުރުމުގެ ފެށުމެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔަހޫދީ ވަޒީރު ބުނީ، އެމެރިކާގެ އެމްބަސީ ޤުދުސްއަށް ބަދަލުކުރުމަކީ އެމީހުންނަށް ފަލަސްޠީނުގެ ވެރިރަށް ފޭރިގަތުމަށް ހިތްވަރު ލިބޭ ކަމެއް ކަމަށެވެ. އަދި ސޮލީބީ ޒަޔަނިސްޓު ފާދިރީއެއް ކަމަށްވާ ހަކަބީ ބުނީ، 99 އަހަރަށް އެންމެ ޑޮލަރަކަށް މި ބިން އެމެރިކާއަށް ލިބިފައިވާ ކަމަށެވެ!

އެމެރިކާ ގައުމަކީވެސް ފޭރިގެންފައިޥާ ބިމެއްގައި ޖެނޮސައިޑް ހިންގައިގެން އިންދާފައިވާ 250 ވެފައިވާ ދައުލަތެކެވެ!

1967 ވަނަ އަހަރުގެ ހަނގުރާމައިގައި އިސްރާއީލުން އިރުމަތީ ޤުދުސް ހިފުމަށްފަހު، އެއީ ޔަހޫދީންގެ އަނިޔާވެރި ދައުލަތުގެ ވެރިރަށް ކަމަށް އިއުލާން ކުރި އެވެ. ނަމަވެސް، ބައިނަލްއަގްވާމީ ފެންވަރުގައި އެކަން ބަލައިގެންފައެއް ނުވެއެވެ. 2018 ވަނަ އަހަރު އެމެރިކާއިން ވަގުތީ އެމްބަސީއެއް ހުޅުވުމާއެކު، ބައިނަލްއަގްވާމީ ފެންވަރުގައި ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވިއެވެ.

2022 ވަނަ އަހަރު އިސްރާއީލުގެ ހައްގުތަކަށް މަސައްކަތްކުރާ "އަދާލާ" ސެންޓަރުން ބުނެފައިވާ ގޮތުގައި، އެމެރިކާގެ އެމްބަސީ އަޅަން ހަމަޖެހިފައިވާ ބިމަކީ 1950 ވަނަ އަހަރުގެ (ގައުމުން ބޭރަށް ގޮސްފައިވާ މީހުންގެ މުދަލާ ބެހޭ ގާނޫނު) ބޭނުންކޮށްގެން ފަލަސްތީނު ރައްޔިތުންގެ އަތުން ފޭރިގަނެފައިވާ ބިމެކެވެ. 1948 ވަނަ އަހަރުގެ ކުރިން ވެސް މި ބިންތަކަކީ ފަލަސްތީނު އާއިލާތަކުގެ ބިންތަކެއްކަން ފަލަސްޠީނުގެ އާކައިވް ލިޔެކިޔުންތަކުން ސާބިތުވެއެވެ.

އދ. އިން އަބަދުވެސް ތަކުރާރުކުރަމުން ދަނީ އިރުމަތީ ޤުދުސްއަކީ 1967 ވަނަ އަހަރުން ފެށިގެން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގެ ބައެއް ކަމަށެވެ. އަދި ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް އެ ސިޓީގެ ހައިސިއްޔަތު ބަދަލުކުރަން ޔަހޫދީންނާއި އެމެރިކާއިން ކުރާ އެއްވެސް މަސައްކަތަކީ ގާނޫނީ ގޮތުން އެއްވެސް ބުރަދަނެއް ހުރި ކަމެއް ނޫން ކަމަށް އދ. އިން ވަނީ ކަނޑައަޅާފައެވެ.

قُلْ تَمَتَّعْ بِكُفْرِكَ قَلِيلًا ۖ إِنَّكَ مِنْ أَصْحَـٰبِ ٱلنَّارِ ٨
ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭގެ ތިޔަ كافر ކަމާއެކު ކުޑަދުވަސްކޮޅަކަށް ދުނިޔޭގައި އަރާމުކުރާށެވެ! ހަމަކަށަވަރުން، ކަލޭވަނީ ނަރަކައިގެ أهل ވެރިންގެ ތެރެއިންނެވެ. 39:8

ހިއްސާ ކުރައްވާ!