ބަހުގެ ފަހަތު ސީޓުން ފެށި ދަތުރުގެ ހިތާމަވެރި ނިމުން

އެއީ އާދައިގެ ދުވަހެކެވެ. އިންޑިއާގެ ކަރްނާޓަކާގެ ދާރްވާޑް ޑިސްޓްރިކްޓްގެ ހަލަބޮލި މަގުތަކުން ދަތުރުކުރަމުން ދިޔަ ބަހެއްގެ ފަހަތު ސީޓުގައި އިނދެ، 17 އަހަރުގެ ޕަކާރޭޝް ބަލަމުން ދިޔައީ ކުޑަ ދޮރުން ފަހަނައަޅައިދާ ސިލްސިލާ މަންޒަރުތަކަށެވެ. ކަރޫރު އަވަށަށް ނިސްބަތްވާ މި ޒުވާނާ، ހުބްލީ ސިޓީން ލަކްޝްމީޝްވަރަށް ކުރަމުން ދިޔަ އެ ދަތުރަކީ އޭނާގެ ހަޔާތުގެ އެންމެ ފަހު ދަތުރުކަމެއް އޭނާގެ ހިތަކަށް ވެސް ނާރައެވެ.

ފުލުހުން ބުނާ ގޮތުގައި، ހާދިސާ ހިނގީ ޕަކާރޭޝް ބަހުގެ ކުޑަދޮރުން ބޭރަށް ބޯ ދިއްކޮށްލި ވަގުތުގައެވެ. އޭނާ ބޭރަށް ބޯ ދިއްކޮށްލީ ކޮންމެވެސް އެއްޗެއް ބޭރަށް އެއްލާލުމުގެ ނިޔަތުގައެވެ. ނަމަވެސް އެ ކުޑަ ހިނދުކޮޅަކީ އޭނާގެ ފުރާނަ ނިމިގެން ދިޔަ ވަގުތެވެ.

ބަސް ދިޔައީ އޭގެ ބާރު ދުވެލީގައި މަގުގައި އެ ބަހުގެ ރާސްތާއަށް ޚާއްސަ ފަޅިން ރޮނގުން އެތެރޭގައި ދުއްވަމުންނެވެ. އަނެއް ކޮޅުން އައީ ލޮރިއެކެވެ. ލޮރިވެސް އައީ ލޭންގެ އެތެރޭގައި އޭގަ ބާރު ދުވެލީގައި ދުއްވަމުންނެވެ. ދެ އުޅަނދު ދެ ފަރާތުން އަރައި ހަމަވި ވަގުތަކީ، ޕަކާރޭޝް އެއްޗެއް އުކާލުމަށް ބޭރަށް ބޯ ނެރެލި ވަގުތެވެ. އެއީ އޭނާއަށް ފެނުނު އެންމެ ފަހު މަންޒަރެވެ!

މި ހިތާމަވެރި ހާދިސާގައި ޕަކާރޭޝްގެ ފުރާނަ ނެތް މަސްގަނޑު އޮތީ ބަސް ތެރޭގައެވެ. އޭނާގެ ބޯ ބުރި އޮތީީ މަގުމަތީގައި ކަމެއް ނޫނީ ލޮރިން ޖެހި ވިއްސައިގެން ގޮސް ވިނަގަނޑުގެ ތެރޭގައި ކަމެއް ވަގުތުން ސާފެއް ނުވިއެވެ. އެކުގައި ދަތުރު ކުރަމުން ދިޔަ މީހުންނަށް އެއީ ބަލާލަން ނުކެރޭފަދަ ބަޔާނަކް ބިރުވެރި މަންޒަރެކެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ. މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުމަކީ އާންމުކަމެކެވެ. ނަމަވެސް، 17 އަހަރުގެ ޒުވާނެއްގެ ފުރާނަ މިހާ ހިތާމަވެރި ގޮތަކަށް ގެއްލިގެން ދިއުމަކީ މުޅި މުޖުތަމައު ރޮއްވާލި ކަމެކެވެ.

މިއަދު ކަރޫރު އަވަށުގެ އެންމެން ތިބީ ޕަކާރޭޝްގެ އާއިލާއާ އެކު ހިތާމައިގައެވެ. ވައިރޯޅިއަކާ އެކު ދަތުރުކުރަމުން ދިޔަ ޒުވާނެއްގެ ދިރިއުޅުން މިހާ އަވަހަށް ނިމިގެން މި ދިޔައީ، ލޯބިވާ ދަރިއެއްގެ މުސްތަގުބަލުގެ އުއްމީދުތައް ވެސް ފުނޑުފުނޑުކޮށްލަމުންނެވެ.

ހިއްސާ ކުރައްވާ!