އެމެރިކާގެ ގައުމީ ސަލާމަތުގެ ނަމުގައި އަންހެނުން ބަނޑު ދޮންނަން މަޖުބޫރު ކުރަނީ

އެމެރިކާގެ ބޯޑަރުތަކުން ފެންނަމުން މިދަނީ ހަމައެކަނި ސިޔާސީ ވާހަކަތަކެއް ނޫނެވެ. މިއީ ޤައުމީ ސަލާމަތުގެ ނަމުގައި، މާބަނޑު އަންހެނުންގެ އިންސާނީ ކަރާމާތާއި ދަރިން ހޯދުމުގެ ޙައްޤަށް އަރައިގަތުމަށް ރާވަމުންދާ ބިރުވެރި ރޭވުމެކެވެ. ޓްރަމްޕްގެ ސަރުކާރުން މިހާރު މިވަނީ އެމެރިކާގައި ދަރިން ވިހެއުމަށް އަންނަ އައުން ހުއްޓުވުމުގެ ނަމުގައި، މާބަނޑު ބިދޭސީ އަންހެނުން އެމެރިކާއަށް އެތެރެވުން މުޅިން މަނާކުރުމުގެ ވިސްނުން ގެންގުޅެން ފަށާފައެވެ.

ރައީސްގެ އެޑްވައިޒަރު ޔަހޫދީ ވިސްނުމުގެ ސްޓީވަން މިލާގެ ވާހަކަތަކުން އެނގޭ ގޮތުގައި، މި ނިންމުމުގެ ފަހަތުގައި ވަނީ ތަޢައްސުބާއި ބޭރު މީހުންނާ މއެދު ތަފާތުކޮށް ޝައްކުކުރުމުގެ ރޫހެކެވެ. އޭނާ ސިފަކުރާ ގޮތުގައި، އެމެރިކާގެ ރައްޔިތަކަށް ދަރި ހެދުމަށްޓަކައި ދަރިން ވިހަން އެމެރިކާއަށް އެތެރެވާ އަންހެނުންނަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެކެވެ. "އެމީހުން ވިހާ ކުދިން ޗައިނާ ފަދަ ޤައުމުތަކަށް ގޮސް، ފަހުން އެނބުރި އައިސް އެމެރިކާގެ ބުއްދީގެ މުދާ ވަގަށް ނަގާފާނެ،" މިލާ ބުނެއެވެ.

މިއީ ކުޑަކުއްޖެއްގެ އުފަންވުމަކީ "ސެކިއުރިޓީ ތްރެޓެއް" ކަމަށް ބަލައިގަންނަ ބިރުވެރި ވިސްނުމެކެވެ.

މި އުސޫލުގެ ސަބަބުން އެމެރިކާއަށް އަންނަ އެތައް މާބަނޑު އަންހެނުންނެއްގެ ދިރިއުޅުން މިވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. މިއީ ހަމައެކަނި ޤާނޫނީ މައްސަލައެއް ނޫނެވެ؛ މިއީ ބަލިވެއިންނަ އަންހެނާގެ ޖިސްމާނީ ހާލަތަށް ބެލުމެއްނެތި، އެމީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ހިންގާ ހަޑިމުޑުދާރު ސިޔާސަތެކެވެ. އެމެރިކާގެ ހުޅުވިފައިވާ މުޖުތަމައު ކަމަށް ބުނާ ބުނުން މިފަދަ ނިންމުންތަކުން ދަނީ ފުނޑުފުނޑުވަމުންނެވެ.

މިހާރު މަޝްވަރާ ކުރެވެމުންދާ މި ފިޔަވަޅުތަކުގެ ތެރޭގައި، އަންހެނުން ގެ ބަނޑު ދޮވުމާއި އެމީހުންނާ ދެކޮޅާށް ޖިނާއީ ކުށުގެ ދަޢުވާކޮށް ހައްޔަރުކުރުން ފަދަ ކަންކަން ކުރާށެވެ.

އެމެރިކާގެ ޑިމޮކްރަސީގެ ތެރެއިން މިފަދަ ނިންމުންތައް ފެނުމަކީ، ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުގެ އަޚްލާޤީ ފެންވަރު ވެއްޓެމުންދާ މިންވަރު ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ.

ހިއްސާ ކުރައްވާ!