ކޮސްޓަރީކާގެ ކަނޑުތަކުން މިޔަރުގެ އާ ވައްތަރެއް ފެނިއްޖެ

ޕެސިފިކް ކަނޑުގެ ސަރަހައްދުން، ކޮސްޓަރީކާގެ ކައިރިން "ގޯސްޓް ޝާކް" އާއިލާގެ އާ ވައްތަރެއްގެ މިޔަރު ފެނިފައިވާކަމަށް އެ ގައުމުގެ ސައިންސްވެރިން ބުނެފި އެވެ. މި ހޯދުމަކީ މެދު ތެރޭ އެމެރިކާގެ އައްސޭރިފަށުން މިފަދަ ދިރޭއެއްޗެއް ފެނުނު ފުރަތަމަ ފަހަރެވެ.

ކޮސްޓަ ރީކާގެ ޔުނިވާސިޓީގެ ބަޔޮލޮޖީ ޕްރޮފެސަރު އާޓޫރޯ އެންގިއުލޯ ސިބާޖާ ވިދާޅުވި ގޮތުގައި، މި އާ ދިރޭއެއްޗަކީ ކުރިން ފެނިފައިވާ ގޯސްޓް ޝާކްތަކާ ހިލާފަށް "މޫނުމަތި ކުރު" އަދި "ކުލައިގައި ކަޅުކަންގަދަ" އެއްޗެކެވެ. މީގެ އިތުރުން، އޭގެ ބުރަކަށީގައި ހުންނަ އުރަހައިގައި "ވަރަށް ދިގު ކަށިގަނޑެއް" ހުންނަ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ސިބާޖާ ވިދާޅުވީ މިޔަރުގެ ޖީންތައް ދިރާސާކުރުމުން އެނގޭ ގޮތުގައި، މި އާ ވައްތަރުގެ ގޯސްޓް ޝާކް އެހެން ވައްތަރުތަކާ އެއްވެސް ގޮތަކަށް އާލާވެ އުފެދުމުގައި ގުޅުމެއް ނެތް ކަމަށެވެ. ނަމަވެސް، ޕެރޫ އަދި ޗިލީ ކައިރިން ކުރިން ފެނިފައިވާ ބައެއް ޝާކްތަކާ މިއާ ވަރަށް ގާތް ގުޅުމެއް ހުރުމުން، އެންމެ ފަހުގެ ނިންމުމަކަށް އައުމުގެ ކުރިން ސައިންސްވެރިން މިހާރު ދަނީ އެ ދެ ވައްތަރު އަޅާކިޔަމުންނެވެ.

ގޯސްޓް ޝާކް އަކީ ކޮބާ؟

  • ގޯސްޓް ޝާކްތަކަކީ މިޔަރު އާއިލާއާ ގުޅުންހުރި، އެކަމަކު މީގެ ގާތްގަނޑަކަށް 400 މިލިއަން އަހަރު ކުރިން ޖެނެޓިކް ގޮތުން މިޔަރުތަކާ ވަކިވެފައިވާ ކަށި މަޑު ބާވަތެއްގެ މަހެކެވެ.
  • މީގެ ކުރިން ދުނިޔޭގެ އެކި ސަރަހައްދުތަކުން މީގެ ތިން ވައްތަރެއް ވަނީ ފެނިފަ އެވެ. އެއީ ދެކުނު އެފްރިކާ، ޓައިވާން، އޮސްޓްރޭލިއާ، ޖަޕާން އަދި ގްރީންލެންޑާއި ބްރެޒިލްއާ ދެމެދު އޮންނަ އެޓްލާންޓިކް ކަނޑުގެ ސަރަހައްދުތަކުންނެވެ.

ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި، މި އާ ވައްތަރުގެ ގޯސްޓް ޝާކް މެދުތެރޭ އެމެރިކާ އާއި ދެކުނު އެމެރިކާގެ ޕެސިފިކް އައްސޭރިފަށުގެ ފުޅާ ސަރަހައްދެއްގައި ދިރިއުޅޭނެ ކަމަށް ބެލެވެ އެވެ.

ހިއްސާ ކުރައްވާ!