އިންޑިއާގެ މަހާރާޝްތުރާ ސްޓޭޓްގެ ސަރުކާރުން، ސްކޫލްތަކުގެ ކައިރީގައި އެނާޖީ ޑްރިންކްސް ވިއްކުން މަނާކޮށްފި އެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓުކުރާ ގޮތުގައި، ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި ކެފެއިން ގިނައިން ހުންނަ ބުއިންތައް ބޭނުންކުރުން އިތުރުވަމުންދާތީ، އެކަމަށް ފިޔަވަޅު އެޅުމުގެ ގޮތުން ސްކޫލްތަކުގެ 500 މީޓަރުގެ ސަރަހައްދުގައި އެނާޖީ ޑްރިންކްސް ވިއްކުން މަނާކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
މި ފިޔަވަޅު އެޅީ ސްޓޭޓް އެސެމްބްލީގައި، ޓޭ މެމްބަރަކު ކުރެއްވި ސުވާލަކާ ގުޅިގެން ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ގެ މިނިސްޓަރެވެ.
އެސެމްބްލީގައި ވާހަކަ ދައްކަވަމުން މެމްބަރު ވަނީ، ބާޒާރުގައި މަގުބޫލު ބައެއް އެނާޖީ ޑްރިންކްސްތަކުގެ ސަބަބުން ކުޑަކުދިންގެ ސިއްހަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ މިފަދަ ބުއިންތަކަކީ ސްކޫލަށް ދާ ކުދިންނަށް ވަރަށް ބޮޑަށް ދެވިހިފާ ފަދަ އެއްޗެއް ކަމަށެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން، މިނިސްޓަރު ވަނީ މަހާރާޝްތުރާގެ ސްކޫލްތަކުގެ ވަށައިގެންވާ 500 މީޓަރުގެ ސަރަހައްދުގައި، މަސްތުވާތަކެތީގެ އިތުރުން އެނާޖީ ޑްރިންކްސް ވިއްކުން ވެސް މަނާކުރާ ކަމަށް އިއުލާނު ކުރައްވައިފަ އެވެ.






