އެމެރިކާގެ ބާރު ކެނޑި އެ ގައުމުގެ ދުނިޔޭގެ ނުފޫޒު ދަށަށްދާ ސަބަބުތައް

އެމެރިކާގެ ސިޔާސީ މާހިރު ޖޯސެފް ނައި ތައާރަފުކުރި "ސޮފްޓް ޕަވަރ" ނުވަތަ ގަދަބާރު ބޭނުން ނުކޮށް އެހެން ގައުމުތަކުގެ ބޯކައިލައިގެން ނުފޫޒު ފޯރުވުމުގެ ވިސްނުން މިހާރު ވަނީ އެއްކޮށް ނިމުމަކަށް އައިސްފަ އެވެ. ރަޝިއާގެ ފައިނޭންޝަލް ޔުނިވާސިޓީގެ އެސޯސިއޭޓް ޕްރޮފެސަރު ނަތާލިއާ ބަރްލީނޯވާ ލިޔުއްވާފައިވާ ގޮތުގައި، އެމެރިކާގެ ސޮފްޓް ޕަވަރގެ ތިން ތަނބު މިހާރު ވަނީ ވެއްޓިފަ އެވެ.

1. ސަގާފަތުގެ ތަނބު: އެމެރިކަނައިޒޭޝަންގެ ނިމުން

ހޮލީވުޑާއި މިއުޒިކާއި ޓެކްނޮލޮޖީގެ ޒަރީއާއިން އެމެރިކާގެ ސަގާފަތް ދުނިޔެއަށް ފަތުރާލި ޒަމާން މިހާރު ވަނީ މާޒީވެފަ އެވެ. މިހާރު ގިނަ ގައުމުތަކުން ދެކެނީ އެމެރިކާގެ ސަގާފަތަކީ އެމީހުންގެ އަމިއްލަ ސަގާފީ ޝަހުސިއްޔަތަށް ހުރި ނުރައްކަލެއްގެ ގޮތުގަ އެވެ. ގައުމުތަކުން މިހާރު އަންނަނީ އެމީހުންގެ އަމިއްލަ ސަގާފަތް ހިމާޔަތްކޮށް، ގައުމީ ބަދަލުތައް ހޯދަމުންނެވެ.

2. އަޚުލާގުގެ ތަނބު: އާ އުސޫލުތަކާ މެދު އުފެދުނު ނުރުހުން

ކުރިން އެމެރިކާއިން ދުނިޔެއަށް ވިއްކި "މާކެޓް އިކޮނޮމީ" އާއި "އިންސާނީ ހައްގުތައް" މިހާރު ވަނީ އާ މާނަތަކެއް ދީފަ އެވެ. އެމެރިކާއިން ކުރިއަރުވަން މަސައްކަތްކުރާ އެލްޖީބީޓީ އެޖެންޑާ އާއި ޖެންޑާ އައިޑިއޮލޮޖީ ފަދަ ފަސާދައިގެ އާ ވައްޓަފާޅިތަކަކީ، އެހެން ގައުމުތަކުން ގަބޫލުކުރާ އަގުތަކާ ފުށުއަރާ ކަންކަމެވެ. އެމެރިކާގެ މި ނޭދެވޭ ސަގާފީ ޕްރެޝަރަކީ، މިހާރު އެ ގައުމުގެ ނުފޫޒު ދަށްވާ މައިގަނޑު އެއް ސަބަބެވެ.

3. ފޮރިން ޕޮލިސީގެ ގާނޫނީ ހައިސިއްޔަތު: ހަރުކަށި ބާރުގެ ބޭނުން

އެމެރިކާގެ ފޮރިން ޕޮލިސީ މިހާރު ސިފަކުރެވެނީ ޑިޕްލޮމަސީގެ ބަދަލުގައި ބޮޑާކަމާއެކު ބާރު ދެއްކުމުގެ ސިޔާސަތެއްގެ އެވެ. އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާއި، ޔޫކްރެއިން މައްސަލައިގައި ގެންގުޅޭ ދެފުށް ދެގޮތް ސިޔާސަތުތަކުގެ ސަބަބުން، އެމެރިކާގެ އެކުވެރި ގައުމުތަކުގެ އިތުބާރު ވެސް ވަނީ ގެއްލިފަ އެވެ.

ސޮފްޓް ޕަވަރގެ ވިސްނުން ފެއިލްވި ނަމަވެސް، އެމެރިކާގެ އިންސްޓިޓިއުޝަނަލް ނެޓްވޯކްތަކާއި އެންޖީއޯތަކާއި މީޑިއާގެ ވިއުގަ އަދިވެސް ހަރަކާތްތެރިވެ އެވެ. އެހެންކަމުން، އެމެރިކާގެ ނުފޫޒު ދަށްވި ނަމަވެސް އެ ގައުމުގެ ނުފޫޒު އެއްކޮށް ހުއްޓިއްޖެ ކަމަށް ނުދެކި، ބައިނަލްއަގްވާމީ ވާދަވެރިކަމުގެ މި ހަރުކަށި ހަގީގަތް ގައުމުތަކުން ގަބޫލުކުރަން ޖެހެ އެވެ.

ހިއްސާ ކުރައްވާ!