މަޝްވަރާތަކާއި ޒުވާބުތަކަށްފަހު، މިސްކިތެއް އެޅުމުގެ ހުއްދަ ދީފި

ގާތްގަނޑަކަށް ފަސް ގަޑިއިރަށް ދިގުދެމިގެން ދިޔަ ހޫނު ބަހުސްތަކަކަށްފަހު، ބަރނަލީލޯ ކައުންޓީގެ ޕްލޭނިންގ ކޮމިޝަނުން އެލެމީޑާ ސަރަހައްދުގައި އިސްލާމީ މަރުކަޒަކާއި މިސްކިތެއް އެޅުމަށް ހުއްދަ ދީފިއެވެ. މި ނިންމުމަކީ ފާއިތުވި މަސްތަކުގައި އެ ސަރަހައްދުގެ ބަޔަކު މީހުން މި މިސްކިތާއި އިސްލާމީ މަރުކަޒު އެޅުމަށް ދެކިޮޅު ހަދައި ހިނގި ހަމަނުޖެހުމަށް ފަހު ލިބުނު ހިތް ހަމަޖެހުމެކެވެ.

މި ނިންމުމާއެކު، އަލްބަކަރކީ އިސްލާމިކް ސެންޓަރަށް، އެމީހުންގެ މިހާރުގެ އިމާރާތުން ބޮޑު، އާ އިމާރާތަކަށް ބަދަލުވުމުގެ ފުރުސަތު ފަހިވެގެން ދިޔައީއެވެ.

ނަމަވެސް، މި ޕްރޮޖެކްޓަށް ހުއްދަ ލިބުމާ ހަމައަށް ދިއުމަކީ ފަސޭހަ ކަމަކަށް ނުވިއެވެ. މާރިއާ ޑިއަރސް ނޭބަރހުޑް އެސޯސިއޭޝަނުން މި މަޝްރޫއު ހުއްޓުވުމަށް އެޕީލްކޮށްފައިވަނީ، ޓްރެފިކްގެ މައްސަލަތަކާއި، އެ ސަރަހައްދުގެ "ސިފަ" ގެއްލިދާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެއެވެ.

އިސްލާމީ މަރުކަޒު އެޅުމާ ދެކޮޅަށް ބަހުސްކޮށް ބައްދަލުވުން ހޫނުވެގެން ދިޔައީ، ބައެއް ފަރާތްތަކުން މިސްކިތާ ދެކޮޅަށް ފާޅުގައި އިސްލާމޯފޯބިއާގެ ވާހަކަތައް ދެއްކުމުންނެވެ. އެކަކު ބުނި ގޮތުގައި، "އިސްލާމްދީނަކީ ހުޅަނގުގެ ޔަހޫދީ-ކްރިސްޓިއަން މުޖުތަމައާ ގުޅިލާމެހެން އެކަށީގެންވާ ދީނެއް ނޫނެވެ."

މިސްކިތަށް ތާއީދުކުރައްވައި ވާހަކަ ދެއްކެވި އިސްލާމީ މަރުކަޒު އަޅާ ސަރަހައްދު ކައިރީގައި ހުންނަ ޕްރެސްބައިޓީރިއަން ފައްޅިއެއްގެ ފާދިރީއަކު ވިދާޅުވީ، "އަލްބަކަރކީގެ އިސްލާމިކް ސެންޓަރަށް މިހާރުވެސް ބަޔަކު ގޮސްފިނަމަ ވަރަށް ހިތްހެޔޮ ބަޔަކު ފެންނާނެ" ކަމަށެވެ. އަދި އާ މިސްކިތަކީ އެ މުޖުތަމައަށް ލިބޭނެ ހެޔޮ ރަނގަޅު އަވަށްޓެރިއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ޖޫން މަހު މިމައްސަލާގައި ވޯޓު ނެގުން ފަސްކުރަން ޖެހުނީ، މިސްކިތުގެ މަޝްރޫއާ ގުޅިގެން އިސްލާމިކް ސެންޓަރަށް ބިރުދެއްކުމުގެ އިންޒާރުތައް ލިބުމާ ގުޅިގެންނެވެ. އެހެންނަމަވެސް، ޕްލޭނިންގ ކޮމިޝަނުން ނިންމީ ޓްރެފިކްގެ ކަންކަން ކައުންޓީގެ ޕްލޭނަރުން މެދުވެރިކޮށް ހައްލުކުރުމަށްފަހު، މިސްކިތް އެޅުމުގެ ހުއްދަ ދޭށެވެ.

މި ނިންމުމަކީ އަދި ފަހުގެ ނިންމުމެއް ނޫނެވެ. މި މައްސަލަ އަލުން ބަރނަލީލޯ ކައުންޓީ ކޮމިޝަނަށް ހުށަހެޅުމުގެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް އަދިވެސް އެބައޮތެވެ. އެހެންކަމުން، މިސްކިތް އެޅުމުގެ މަސައްކަތް ފެށުމުގެ ކުރިން އިތުރު ގާނޫނީ ހުރަސްތަކެއް ކުރިމަތިވުން އެކަށީގެންވެއެވެ.

ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ ވަނީ އިސްލާމޯފޯބިއާއަށް ފައްކާ ކޮށްފައެވެ.

ހިއްސާ ކުރައްވާ!