ޓްރަމްޕް ބާއްވާ ވަޅޯ އިހުތިފާލުތައް: މިފަހަރު އަލިފާން ރޯވީ ބްރޫކްލިން ބްރިޖުގައި

އެމެރިކާގެ މިނިވަން ދުވަހުގެ 250 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ނިއު ޔޯކް ސިޓީގައި ބޭއްވި ހަވާ އެރުވުމުގެ ހަރަކާތުގެ ތެރޭގައި، ބްރޫކްލިން ބްރިޖުގައި އަލިފާން ރޯވެއްޖެއެވެ.  މި ހާދިސާގައި ބްރިޖުން ދުންފެންނަން ފެށި ނަމަވެސް، ފަޔަރ ފައިޓަރުން ވަނީ ވަރަށް އަވަހަށް އަލިފާންގަނޑު ކޮންޓްރޯލްކޮށްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ނިއު ޔޯކް ސިޓީގެ ފަޔަރ ޑިޕާޓްމަންޓުން ބުނީ، އަލިފާން ނިއްވުމަށް ދެ ފަޔަރ އިންޖީނު ހަރަކާތްތެރިވި ކަމަށެވެ. ރޭގަނޑު 10:00 ޖެހުމުގެ ކުޑައިރުކޮޅެއް ކުރިން ފަޔަރ ފައިޓަރުން އަލިފާންގަނޑަށް ފެން ޖަހަމުންދިޔަ މަންޒަރު ފެނުނެވެ. ހަވާ އެރުވުމުގެ ހަރަކާތަށްޓަކައި އެ ވަގުތު ބްރިޖް ވަނީ އުޅަނދުތަކަށް ބަންދުކޮށްފައެވެ.

ޓްރަމްޕް 250 ވަނަ އަހަރީ ދުވަހާ ދިމާކޮށް ބާއްވަން އުޅުނު ހުރިހައި އިހުތިފާލެއް ވަނީ ތޮޅިއަށް ގޮސްފައެވެ. ސުންޕާ މީހެކެވެ!

ހިއްސާ ކުރައްވާ!