އެމެރިކާގެ ރައީސް ތުރުކީގެ ވެރިރަށް އަންކާރާއަށް ކުރައްވާ ޒިޔާރަތުގެ ކުރިން، ތުރުކީއަށް އެފް-35 ހަނގުރާމަމަތީ ބޯޓުތައް ވިއްކުމަށް ނިންމުމުން އެކަމާ ދެކޮޅަށް ޓްރަމްޕް ގެ ބޮސް ނަތަންޔާހޫ ތެދުވެއްޖެއެވެ.
"އެއީ ސައިޕްރަސް ޖަޒީރާގެ ބައިކުޅަބައި ހިފައިގެން އުޅޭ ގައުމެއް. އެމީހުން ދަނީ ގުދުސް ހިފުމާ ބެހޭގޮތުން ފާޅުގައި ވާހަކަދައްކަމުން. އަހަރެން ނުދެކެން އެއީ އެފް-35 ބޯޓުތައް ފޯރުކޮށްދޭންޖެހޭ ފަދަ ގައުމެއް ކަމަކަށް. އެމީހުން ވަނީ ހަމާސްއަށް ތާއީދުކޮށްފައި، އަދި އީރާނާ ކުރިމަތިލާން ޖެހުނު ހިނދު އެއްވެސް ކަމެއް ކޮށްފައެއް ނުވޭ،" ފޮކްސް ނިއުސްއަށް ދިން އިންޓަރވިއުގައި ޔަހޫދީ ޖެނޮސައިޑް އިންޖިނޭރު ނަތަންޔާހޫ ބުންޏެވެ.
ނަތަންޔާހޫ ނުރެހޭ ކަންކަން ކުރުމަކީ ޓްރަމްޕަށް އުދަގޫ ކަމަށް ވާނެއެވެ.
އެޕްސްޓީންގެ ފައިލްތަކުގައި އަދިވެސް ހާމަ ނުކުރާ މައުލޫމާތު ހުރިކަމަށް ބުނެވެއެވެ.







