ޕާކިސްތާނުގައި އިންސާނާގެ މަސް ވަގަށް ބޭރުކުރާ ނެޓްވޯކެއް އަތުލައިގަތުން

ޕާކިސްތާނުގެ ފުލުހުން ވަނީ އެގައުމުގެ ސިއްހީ ނިޒާމަށް ބޮޑު ސިހުމެއް ގެނުވި ނުރައްކާތެރި ޖަރީމާއެއް ހޯދާފައެވެ. އެއީ ވިހާ ދުވަހު އަންހެނާގެ ހަށިގަނޑުން އުފެދޭ އިންސާނާގެ މަސް ހޮސްޕިޓަލްތަކުން ވަގަށް ނަގައިގެން ބޭރު ގައުމުތަކަށް ސްމަގުލްކުރާ ބޮޑު ސިންޑިކޭޓެކެވެ.

ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، މި ނެޓްވޯކްގައި ސަރުކާރުގެ ބޮޑެތި ހޮސްޕިޓަލްތަކުގެ ނަރުހުންނާއި، ލެބޯޓްރީ ޓެކްނީޝަނުންނާއި، އަދި ސިއްހީ ދާއިރާގެ އެކި ފަންތީގެ މުވައްޒަފުން ދިޔައީ ބައިވެރިވަމުންނެވެ.

އިންސާނާގެ މަހަކީ ބައެއް ކަހަލަ ބޭސްވެރިކަމަށާއި، ހާއްސަކޮށް އުމުރުން ދުވަސްވުން ކުޑަކޮށްދޭ ކޮސްމެޓިކްސް އުފެއްދުމަށާއި ސަގާފީ ބޭސްތައް ތައްޔާރުކުރަން ބޭރު ގައުމުތަކުގައި ބޮޑު އަގުގައި ގަންނަ އެއްޗެކެވެ. ޕާކިސްތާނުގެ ހޮސްޕިޓަލްތަކުގައި ވިހާ މައިންނަށް ނޭނގި، މި ތަކެތި ނަގައި، ރައްކާތެރިކަމާއެކު ފިނިކޮށް، ބޭރު ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް މި ސިންޑިކޭޓުން ކުރަމުންދިޔައެވެ.

ފުލުހުން ބުނާ ގޮތުގައި މިއީ ގާނޫނީ ގޮތުންނާއި، ދީނީ ގޮތުންނާއި، އަދި ސިއްހީ ރައްކާތެރިކަމުގެ ގޮތުން ބެލިޔަސް ބޮޑުވެގެންވާ ޖަރީމާއެކެވެ. ސަބަބަކީ އެކި ކަހަލަ ބަލިތައް ހުންނަ މީހުންގެ ހަށިގަނޑުން ނަގާ މިފަދަ ބަޔޮލޮޖިކަލް މާއްދާތައް އެއްވެސް ކޮންޓްރޯލެއް ނެތި ދައުރުވުމަކީ ބަލިމަޑުކަން ފެތުރެން ދިމާވާނެ ސަބަބަކަށް ވާތީއެވެ. މި މައްސަލައިގައި ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. މިތަކެތި ފޮނުވަން ތައްޔާރު ކޮށްފައުި ހުރީ ވިއެޓްނާމަށެވެ.

ހިއްސާ ކުރައްވާ!