އިންޑިއާއިން ބަލަހައްޓާ ބްރިކްސްގެ ރިޔާސަތަށް، އިންޑޮނޭޝިއާއިން ފުރިހަމަ އެއްބާރުލުމާއި ތާއީދު ދޭނެކަން ކަށަވަރުކޮށްދީފިއެވެ. ދެ ޤައުމުގެ އިސްވެރިން ބޭއްވެވި މުހިންމު މަޝްވަރާތަކަށްފަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައިވަނީ، ބައިނަލްއަޤުވާމީ މައިދާނުގައި ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އަޑު އިއްވުމަށާއި، ބައިނަލްއަގްވާމީ ޢަދުލުވެރި ނިޒާމެއް ޤާއިމުކުރުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ދީފައެވެ.
މި ބައްދަލުވުމުގައި އިންޑިއާއާއި އިންޑޮނޭޝިއާއިން ވަނީ ޖިއޮޕޮލިޓިކަލް މަސްރަހުގައި ހުރި ގޮންޖެހުންތަކާއި، ސަޕްލައި ޗޭނަށް އަންނަމުންދާ ބަދަލުތަކުން އަރައިގަތުމަށް ދެ ފަރާތިުގެ ސިފައިންނާއި އިސްވެރިން ގާތުން މަސައްކަތްކުރަންޖެހޭކަން ފާހަގަކޮށްފައެވެ. ޚާއްޞަކޮށް އދ. އާއި އެހެނިހެން ބައިނަލްއަޤުވާމީ މުވައްސަސާތައް އިޞްލާޙުކޮށް، މިހާރުގެ ޙާލަތު ބަދަލުކުރުމަށް ދެ ޤައުމުން ވަނީ އެއްބަސްވެފައެވެ. އަދި ބްރިކްސްއާއި ޖީ-20 އަދި އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައޯރާ) ފަދަ މުހިންމު ޕްލެޓްފޯމްތައް މެދުވެރިކޮށް، ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ވަނީ ނިންމާފައެވެ. ހުރުމުޒު ކަނޑުއޮޅިން ދަތުރުފަތުރުކުރުމުގައި ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ފުރިހަމައަށް ބޯލެނބުމަށްވެސް ވަނީ އެއްބަސްވެފައެވެ.
މި އެއްބަސްވުމުގެ ދަށުން އިންޑޮނޭޝިއާގެ ބެރިކްސްގެ މެންބަރުކަމަށް އިންޑިއާއިން ފުރިހަމައަށް އެއްބާރުލުންދޭނެ ކަމަށް ބުނެފައި ވެއެވެ. މިއީ ދުނިޠޭގެ ދެކުނު ބިތުގެ އިޤުތިޞާދީ އަދި ސިޔާސީ ނުފޫޒު ވަރުގަދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ބެލެވެއެވެ.






