ހުކުރު ދުވަހު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި އީރާން ސަރުކާރަށް މަލާމާތްކުރެއްވުމުގެ ތެރޭގައި، މުސްލިމުން ދަރިންނަށް "މުޙައްމަދު" ގެ ނަމުން ނަން ދޭތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މަލާމާތް ކޮށްފިއެވެ.
ޖޯޖިއާގެ ޑަލްޓަންގައި އޭނާގެ ސަޕޯޓަރުންނަށް މުޚަތަބު ކުރައްވައި ޓްރަމްޕް ވިދާޅުވީ، "ތިޔަބޭޭފުޅުންނަށް އެނގޭތޯއެވެ.. މެދުއިރުމަތީގެ މީހެއްގެ ނަމާ މެދު ޝައްކު އުފެދިއްޖެނަމަ، އެންމެ ރަނގަޅުވާނީ ހަމައެކަނި 'މުޙައްމަދު' ގެ ގޮތުގައި ގޮވާލުމެވެ… އޭރުން ގާތްގަނޑަކަށް 65 އިންސައްތަ ރަނގަޅުވުމުގެ ފުރުސަތު އޮންނާނެއެވެ… މަރުހަބާ އޭ މުޙައްމަދު!… އަހަރެން މިގޮތަށް މިކަން ކުރާތާ އެތައް އަހަރެއް ވެއްޖެ! އަދި ދުވަހަކުވެސް ގޯހެއް ނުވޭ!" މީހުންގެ އަތްތިލަބަޑިއާއެކު ޓްރަމްޕް ބުނަމުން ދިޔައެވެ.
މި ކެމްޕޭން ޖަލްސާ އޮތީ ޖޯޖިއާގެ ޑަލްޓަން ލޯކަލް އެއާޕޯޓުގެ ހެންގަރެއްގެ އެތެރޭގައެވެ. ޓްރަމްޕް މި ވާހަކަތައް ދެއްކެވީ، ނޮވެމްބަރު 3 ގައި ބާއްވަން ހަމަޖެހިފައިވާ މިޑްޓަރމް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ރިޕަބްލިކަން ޕާޓީގެ ޒަޔަނސިްޓު ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމަށެވެ.
ޓްރަމްޕް އީރާނަށް މަލާމާތް ކުރައްވަމުން ވިދާޅުވީ "އިރާނަކީ އެތަނުގެ ރައީސަކަށް ވުމަށް އެކަކުވެސް ބޭނުންނުވާ ހަމައެކަނި ޤައުމު" ކަމަށެވެ. އަދި އެ މަގާމަށް މީހަކު ނުވާތީ މަޤާމާ ހަވާލުވާން ބޭނުންވޭތޯ ބެލުމަށްޓަކައި 'މުޙައްމަދު' ކިޔާ ބައެއް މީހުންނާ ސުވާލުކުރާކަމަށް ވެސް އޭނާ ބުންޏެވެ.
އިސްލާމޯފޯބިއާއަށް މަޝްހޫރު އަރި އަރަބިން އުދުހޭ ގަނޑުވަރާއި ގިނަ އަދަދަކަށް ފައިސާ ދީގެން ގެންގުޅޭ އެޕްސްޓީންގެ ބައިވެރިޔާ ޓްރަމްޕް މި ދޮގު ވާހަތައް ފެތުރި އިރު އީރާންގެ ރައީސް މަސްޢޫދު ޕަޒަކްޝިއަން އަކީ 2024 ވަނަ އަހަރު އިންތިޚާބަކުން މަގާމަށް ވަޑައިގަތް ބޭފުޅެކެވެ، ޓްރަމްޕަކީ އޮރިޔާން ފިލްމު ކުޅުނު ސްޓޯމީ ޑެނިއެލް ރޭޕްކޮށް އެކަސން މަތި ޖެހުމަށް އޭނާއަށް ރިޗްވަތު ދިނުމުގެ ކުށް ސާބިތު ވެފައިވާ އަދި އެތައް ދޮޅަސް އަންހެނުން ރޭޕްކުރުމުން ކުށް ސާބިތު ވެފައިވާ މީހެކެވެ، ގާޒީ ބުނީ އޭނާ ރިއާސީ އިންތިޚާބު ކާމިޔާބު ކޮށްފައިވާތީ އޭނާއަށް ހުކުމެއް ނުކުރާނެ ކަމަށެވެ!
ޖޯޖިއާގެ ޖަލްސާގެ ބައިވެރިންގެ ފަރާތުން ޓްރަމްޕްގެ މި މަލާމާތަށް ލިބުނީ ވަރަށް ފިނި ވަޅޯ ރައްދެކެވެ.
އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކާއި މުސްލިމުންނަށް ނަޞްރުދޭ ޖަމްޢިއްޔާތަކުން ވަނީ، މުސްލިމުންނާއި ހިޖުރަވެރިން އަދި ނަސްލީ ބައިމަދު މީހުން ނުބައި މިސްކޮށް އެ މީހުންނަށް މަލާމާތްކުރާކަމަށް ބުނެ ޓްރަމްޕަށް ތަކުރާރުކޮށް ފާޑުކިޔާފައެވެ.
މިޑްޓަރމް ކެމްޕޭން މޫސުމުގައި، ޓްރަމްޕް ދަނީ މުސްލިމުންނަށް ފުރައްސާރަކޮށް ސޯމާލިއާގެ އެމެރިކާ ދަރިކޮޅު މީހުންނާއި އިންތިޚާބު ކާމިޔާބު ކުރާ ހެން ހީވާ މުސްލިމުންނާ ދެކޮޅަށް، ބަހުގެ ހަމަލަތައް ދެމުންނެވެ. އޭގެ ތެރޭގައި އެމެރިކާގެ ސެނެޓަށް ވާދަކުރައްވާ މުސްލިމް ޑިމޮކްރެޓިކް ކެންޑިޑޭޓް މިސްރުގެ އަބްދުއްސައްޔިދާއި، ސޯމާލިއާއިން ރެފިއުޖީއެއްގެ ގޮތުގައި ހިޖުރަކުރެއްވި މިނެސޯޓާގެ ޑިމޮކްރެޓިކް މެންބަރު އިލްހާން އުމަރު އަށް އޭނާ ދޭ ހަމަލަތައް ވަނީ ވަރުގަދަ ކޮށްފައެވެ.
އެމެރިކާގައި މުސްލިމުންނާއި އިސްލާމް ދީނާ މެދު ނަފްރަތު ކުރާ މިންވަރު މަތިވަމުންދަނީ، ދެވަނަ ދައުރުގައި ޓްރަމްޕް ފަށފައިވާ ހިޖުރަކުރުމާ ދެކޮޅު ކެމްޕޭނާއި ފަލަސްޠީނަށް ތާއީދުކޮށް މުޒާހަރާ ކުރި މީހުންނާ ދެކޮޅަަށް އޭނާ ނިކުތުމުގެ ސަބަބުން ކަމަށް ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (ކެއަރ) އިން މިއަހަރުގެ ކުރީކު ނެރުނު އަހަރީ ރިޕޯޓެއްގައި ބަޔާންކޮށްފައިވެއެވެ.






