ދުނިޔޭގެ މަޝްހޫރު ފޮޓޯއާއި ވީޑިއޯ ކޮންޓެންޓް ވިއްކާ ކުންފުނި ގެޓީ އިމޭޖަސް އިފްލާސް ވެއްޖެ ކަން އިއުލާން ކޮށްފިއެވެ.
2026 އޮކްޓޯބަރު 21 ވަނަ ދުވަހު އެ ކުންފުނިން ވަނީ އެކަން ކޯޓަށް ހުށަހަޅާފައެވެ.
އަލަށް ކުންފުނި ތަރުތީބު ކުރާއިރު އެކުންފުނި ވަނީ އަމިއްލަ ކުންފުންޏަކަށެވެ.
މި ނިންމުން ނިންމަންޖެހުނު މުހިންމު ސަބަބުތަކުގެ ތެރޭގައި، ކުންފުނީގެ ބޮޑުވި ދަރަންޏާއި، ވާދަވެރި ޝަޓަސްޓޮކް ކުންފުންޏާއެކު މާޖުކުރުމަށް ރޭވި ރޭވުން ނާކާމިޔާބުވުން ހިމެނެއެވެ. މީގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް އުފައްދާ ފޮޓޯތަކުގެ ސަބަބުން މާކެޓްގައި ބޮޑުވި ވާދަވެރިކަމާއި، އިންވެސްޓަރުންގެ ފަރާތުން ކުރިމަތިވި ދައުވާތަކަކީވެސް މާލީ ނުވަތަ ސްޓްރެޓެޖީ ނިންމުންތަކަށް ނުފޫޒު ފޯރުވި ކަންކަމެވެ.
ގެޓީ އިމޭޖަސްގެ ރަނި ވަނީ 1.46 ބިލިއަން ޑޮލަރަށް އަރާފައެވެ. ކޯޓުގެ ލިޔެކިއުންތަކުން ދައްކާ ގޮތުގައި ކުންފުނީގެ އަންދާޒާ ކުރެވޭ މުދަލާއި ދަރނީގެ މިންވަރު އުޅެނީ 1 ބިލިއަން ޑޮލަރާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ މިންވަރެއްގައެވެ..
ގެޓީ އިމޭޖަސްގެ އަމާޒަކީ 2026 ވަނަ އަހަރުގެ ނިޔަލަށް ކުންފުނީގެ އޮނިގަނޑު އަލުން ތަރުތީބުކުރުމުގެ މަސައްކަތް ފުރިހަމައަށް ނިންމާލުމެވެ.






