އިންޑިއާއިން އުފެއްދި ބޫޓާން ޑޭމްއަށް އިނާމެއް

އިންޑިއާއިން ބޫޓާންގައި ހަދާފައިވާ ހައިޑްރޯ އިލެކްޓްރިކް ޕްރޮޖެކްޓަށް އިންޖިއަރިންގ އެވޯރޑެއް ލިބިއްޖެއެވެ. ބޫޓާންގެ މި ހައިޑްރޯ އިލެކްޓްރިކް ޕްރޮޖެކްޓަކީ، އިންޑިއާގެ ބޮޑު ވަޒީރާއި ބޫޓާންގެ ބޮޑު ވަޒީރު ގުޅިގެން މިދިޔަ އަހަރު އޮގަސްޓް މަހު އިފްތިތާޙު ކުރެއްވި ޕްރޮޖެކްޓެކެވެ.

މަންގްޑެޗޫ ހައިޑްރޯއިލެކްޓްރިކް ޕްރޮޖެކްޓަށް ލިބިފައިވަނީ 2020ގެ ބްރޫނެލް މެޑަލްއެވެ.

މިއީ ޔޫކޭގެ އިންސްޓިއުޓް އޮފް އިންޖިއަރޒް އިން ދީފައިވާ އެވޯޑެކެވެ. މި އެވޯޑަށް ނަން ދީފައި ވަނީ އިސާމްބަރޑް ކިންގްޑޮމް ބްރޫނެލް އިންޖިނިއަރުންގެ ނަމުންނެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތް ފަށާފައި ވަނީ 2012 ވަނަ އަހަރުއެވެ. އަދި ފުރިހަމަ ކޮށްފައިވަނީ ހަތް އަހަރުގެ ތެރޭގައެވެ.

އިންޑިއާއިން މިޕްރޮޖެކްޓަށް ފަންޑް ކޮށްފައިވަނީ  70 ޕަސެންޓެވެ. އަދި ބޫޓާނުން 30 ޕަސެންޓެވެ. މުޅި ޕްރޮޖެކްޓުގެ 602 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަށް އިންޑިއާއިން 434 މިލިއަން ޑޮލަރު އިންވެސްޓް ކުރިއެވެ.

މިއީ ބޫޓާންގެ މެދު ތެރޭގައި ކޯރު ފެނުން ކަރަންޓް އުފެއްދުމަށް ހަދާފައިވާ 720 މެގަވޮޓްގެ ކަރަންޓް އުފައްދާ ޕްރޮޖެކްޓެކެވެ.

ބޫޓާނުން އަމާޒު ހިފާފައި އޮތީ 2020އާ ހަމައަށް 10 ގިގަވޮޓްގެ ކަރަންޓް އުފެއްދުމަށެވެ.

މަންގްޑެޗޫ ހައިޑްރޯއިލެކްޓްރިކް ޕްރޮޖެކްޓަކީ، އޭގެ އެންމެ އަޑިން ފެށިގެން މައްޗާ ހަމައަށް 101.5 މީޓަރުގެ އުސް ކޮންކްރީޓް އަޅައިގެން ހަދާފައިވާ ޑޭމްއެކެވެ. މިޑޭމްއިން އަނެއް ފަރާތަށް ފެން ބޭރުކޮށްދޭ ބިމު އަޑީގެ ދެ މަގަކީ 196 މީޓަރާއި 150 މީޓަރުގެ ދިގު ދެ މަގެވެ.މި ޓަނަލްތަކުން ކޮންމެ ސިކުންތަކު 118 ކިއުބިކް މީޓަރުގެ ފެން ބޭރުކޮށްދެއެވެ.

މި ޕްރޮޖެކްޓަށް ކަރަންޓް އުފައްދާ އިންޖީނު ސަޕްލައި ކޮށްދީފައި ވަނީ ބާރަތު ހެވީ އިލެކްޓިކަލްސް ލިމިޓެޑުންނެވެ.

މި ޕްރޮޖެކްޓުން އުފައްދާ ކަރަންޓުން ބޫޓާނުން ބޭނުންވާ ވަރަށް ވުރެން އިތުރުވާ ކަރަންޓް އިންޑިއާއަށް އެކްސްޕޯޓް ކުރެއެވެ.

 

ހިއްސާ ކުރައްވާ!