3ޑީ ކޮށް ޕްރިންޓުކޮށްގެން އިމާރާތް ކުރާ އޮފީހެއް

ބެންގަލޫރުގައި ޕްރިންޓުކޮށްގެން އުފައްދާ ފުރަތަމަ އޮފީސް އިމާރާތުގެ މަސައްކަތް އެލް އެންޑް ޓީ ކޮންސްޓްރަކްޝަނުން ފަށައިފިއެވެ. މިއީ ޕޯސްޓު އޮފީހަށް އަޅައިދޭ އިމާރާތެކެވެ.

3ޑީ ކޮށް ޕްރިންޓް ކުރާ މި އޮފީސް އިމާރަތަކީ، 1،000 އަކަފޫޓުގެ ސްޓްރަކްޗާ އެކެވެ. މި އިމާރާތް 45 ދުވަހުގެ ތެރޭގައި ނިންމާނެއެވެ. އަލަށް ބޭނުން ކުރަން ފަށާފައިވާ ކޮންސްޓްރަކްޝަން ޓެކްނޮލޮޖީއެއް ކަމަށްވާ 3ޑީ ކޮންކްރީޓް ޕްރިންޓިން އަކީ ކޮންސްޓްރަކްޝަން އަވަސްކޮށްދީ، އިމރާތުގެ ފެންވަރު ރަނގަޅުކޮށް ކޮންސްޓްރަކްޝަން ޕްރެކްޓިސްތަކަށް ބަދަލުކުރުމުގެ ގާބިލްކަން ހުރި ވަސީލަތެކެވެ.

އާންމުކޮށް މިފަދަ މަޝްރޫއުތައް ނިންމުމަށް 6 މަހާއި 8 މަސް ދުވަސް ނަގާއިރު، 3ޑީ ޕްރިންޓިން ޓެކްނޮލޮޖީ ބޭނުންކުރުމުން މުއްދަތު އަވަސްވެ ދެއެވެ.

ބިލްޑިން މެޓީރިއަލްސް އެންޑް ޓެކްނޮލޮޖީ ޕްރޮމޯޝަން ކައުންސިލް (ބީއެމްޓީޕީސީ) އިން ވަނީ މި ޓެކްނޮލޮޖީ ފާސްކޮށްފައެވެ.

އިންޑިއާގެ އެލް އެންޑް ޓީން ވަނީ އެހެން ތަންތަނުގައި ވެސް ވިޔަފާރީގެ ބޭނުމުގައި މި ޓެކްނޮލޮޖީ ބޭނުން ކުރަން ފަށާފަ އެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް